ހުޅުލޭ ބޭރު ކަނޑުގެ ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނިފައިވަނީ، ބަރަހަނާކޮށް އޮތް ފިރިހެނެކެވެ. އަދި ފެންނަ ފެމުނަށް އެމީހާއަށް އަނިޔާތަކެއް ލިބިފާކަމަށް ވެސް ބެލެވެއެވެ. އޭނާއަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއްކަމެއް އަދި ސާފުވެފައެއް ނުވެއެވެ.
މިކަމާ ގުޅޭގިތުން ފުލުހުންގެ ފަރާތުން ވިދާޅުވެފައިވަނީ ނިޔާވެފައި އޮތް މީހާ ފެނިފައިވަނީ ދޫނިދޫ އާއި ފުނަދޫ އާ ދޭތެރޭ ކަނޑުމަތިން ކަމަށެވެ. އަދި އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުންދާ ކަމުގައިވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.
ފުލުހު
އެ މީހާގެ ހަށިގަނޑު ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 9:10 ގައި ކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.
ބައެއް ފަރާތްތަކުން ބުނެފައިވަނީ މިމީހާއަކީ ރޭގެ ވަގުތެއްގައި ރަސްފަންނު ކައިރިން މޫދަށް މުންމާލިކަމަށް ބެލެވޭ މީހެކެވެ.
ކޮމެންޓު ފޮނުވާ