ދާންދޫގައި ހިނގި މާރާމާރީއެއްގައި، އެކެއްގެ ހާލު ސީރިއަސްވެއްޖެ

ދާންދޫގައި ހިނގި މާރާމާރީއެއްގައި، އެކެއްގެ ހާލު ސީރިއަސްވެއްޖެ

Author
ހުސައިން
02 އޮކްޓޯބަރ 2020 02:03
0

ގއ.ދާންދޫގައި ރޭ ހިންގި މާރާމާރީއެއްގައި ތިން މީހަކަށް އަނިޔާވެ އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ. ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ މިހާރު ވަނީ އިތުރު ފަރުވާ އަށް އެއަތޮޅު ވިލިނގިއްޔަށް ގެންގޮސްފައެވެ.

މި މާރާމާރީ ހިންގާފައިވަނީ އެ ރަށުގެ ދެގްރޫޕެއްގެ ދެމެދުގައި ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވެ އެވެ. 27 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ޒުވާނުން ހިމެނޭ މި ދެ ގްރޫޕަކީވެސް ރަށުގައި ދޭތެރެ ދޭތެރެއިް އަރައިރުންވާ ދެ ގްރޫޕްކަމަށް މައުލޫމާތު ލިބިފައިވެ އެވެ. މީގެ ތެރެއިން ސީރިއަސް އަނިޔާތަކެއް ލިބުނީ ވިއްސަކަށް އަހަރުގެ ޒުވާނަކަށް ކަމުގަައި ވެއެވެ. އޭނާގެ ބޮލަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީފައެވެ.

މާރާމާރީ ހިނގީ ކެފޭއެއްގެ ތެރޭގައި ބަޔަކު ތިއްބާ ހިނގި ދެބަސްވުމަކަށް ފަހުއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދާންދޫގައި މާރާމާރީއެއް ހިންގައިގެން ރޭ 23:25 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާ ވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ މިހާތަނަށް އެ މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.