ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުގެންދެވުމުގެ އިހުތިޔާރު އެމަނިކުފާނަށް ލިބިގެން ނުވާ ކަމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ގުރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ އެ މައްސަލަ ކުރިއަށްގެންދެވިދާނެކަން ނުވަތަ ނޫންކަން ނިންމެވުމުގެ އިޚުތިޔާރު ލިބިވަޑައިގަންނަވާ ފަރާތަކީ މަޖިލީހުގެ ރައީސް ނޫން ކަމަށެވެ.
އާންމު ހަމަތަކާއި އުސޫލުތަކަށް ބަލާއިރުވެސް އެފަރާތެއްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހެޅުނީމައި އެފަރާތަކުން، މަޖިލީހުގެ ރައީސްކަމުގައިވާނަމަ މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ ނައިބުރައީސް ކަމުގައިވާނަމަ މަޖިލީހުގެ ނައިބުރައީސް، އިސްވެ ބަސްބުނުމުގެ އުސޫލަކީ އާންމު އުސޫލާ ޚިލާފު ހަމައެއް.
– އަސްލަމް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަކި ކުުރުމުގެ މައްސަލަ މި ދައުރުގެ ތެރޭގައި ހުށަނޭޅޭނެ ކަމަށް އެމަނިކުފާނު ވިދާޅުވާ އިރު އޭގެ ހުއްޖަތެއްގެ ގޮތުގައި އެމަނިކުފާނު ދައްކަވަނީ ބިލުތަކާ ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވާ އުސޫލުތައް ކަމަށް އަސްލަމް ވިދާޅުވިއެވެ.
ބިލުތަކާ ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދުގެ 89 ވަނަ މާއްދާގެ ނޫނު އަދި 97 ވަނަ މާއްދާގެ ސ. އަށް ރިއާޔަތްކޮށް 98 ވަނަ މާއްދާގެ ގަރާރުތަކަށް ބިލުތަކުގެ އުސޫޅު ހިނގާނެ ބަޔާންކޮށްފައޮ އޮތުމަށް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ އެ ރިިއާޔަތް ކުރައްވަނީ. އެހެން ނަމަވެސް އެއީ ސީދާ ބިލުތައް ހިނގާ އުސޫލު އަދި އެ އުސޫލާ ހަމަތަކަށް ބަލާލެވޭއިރުވެސް އެއިން މަރުހަލާއެއްވެސް ހަގީގަތުގައި އެ ބަޔާންކޮށްފައިވާ މާއްދާގެ މަތީން ހިނގާފައެއް ނުވޭ ގަރާރަށް ވެސް.
– އަސްލަމް ވިދާޅުވިއެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނާއިބު ރައީސްގއ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިގެން ދަނީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާާގައި ބަޔާންކޮށްފައިވާ ހަމަތަކާއ އުސޫލުތަކުގެ މަތިން ކަމަށެވެ.
ރައީސް ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ އަނެއްކާވެސް މަޖިލީހަށް ހުށަހަޅާފައިވާ އިރު އެ ގަރާރު ބަލައިނުގަންނާނެ ކަމުގެ އިޝާރާތެއް ރައީސް ނަޝީދު ވަނީ ދެއްވައިފައެވެ. އަދި މީގެ ކުރިން އެ މައްސަލަ ހުށަހަޅައި އަނބުރާ ގެންގޮސްފައިވާތީ ދެން އެ މައްސަލަ އަލުން ކުރިއަށް ގެންދެވޭނީ އަންނަ ދައުރެއްގައި ކަމަށް ބެލެވޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ