ހިޔާ ފްލެޓުން ވެއްޓުނު ކުއްޖާ ނިޔާވެއްޖެ

ހިޔާ ފްލެޓުން ވެއްޓުނު ކުއްޖާ ނިޔާވެއްޖެ

Author
އައިޝަތު އަޙްމަދު
08 އޮކްޓޯބަރ 2023 07:28
0

ރޭ ހުޅުމާލޭ ހިޔާ ފްލެޓުން ވެއްޓުނު ކުއްޖާ ނިޔާވެއްޖެއެވެ. ހިޔާ ފްލެޓުގެ 12 ވަނަ ފަންގިފިލާއިން ވެއްޓި ނިޔާވެފައިވަނީ ޢުމުރުން 15 އަހަރުގެ ހދ. ދިއްދޫ ޝަމަންވިލާ މުޙައްމަދު އައިހަމް އިސްމާޢީލެވެ.

ރޭ މެންދަމު 12:00 ހާއިރު އެކުއްޖާ ފްލެޓުން ވެއްޓި ބޮޑެތި ޒަޚަމްތަކެއް ލިބުނެވެ. އެކުއްޖާ ވެއްޓުނީ ހިޔާ 6ވަނަ ޓަވަރުގެ 12 ވަނަ ފަންގިފިލާގެ ބެލްކަނިންނެވެ.

މަންޒަރު ދުށް ބައެއް މިނިގޮތުގައި އެކުއްޖާ ވެއްޓުނީ އެ ސަރަހައްދުގައި އޮތް ކާރެއްގެ ބޮނެޓު މަތީގައެވެ. އެކުއްޖާ ނިޔާވީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ.

އެކުއްޖާ ވެއްޓެއްން ދިމާވި ސަބަބެއް އަދި ނޭނގެއެވެ. މިކަން ފުލުހުން އަންނަނީ ތަހްގީގްކުރަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.