ބެލްކަންޏެއްގައި ކުޑަކުއްޖަކު އެކަހެރިކޮށް، ތަޅުލާފަ ހުރި ވީޑިއޯ ދައުރު ނުކުރުމަށް އެދިއްޖެ

ބެލްކަންޏެއްގައި ކުޑަކުއްޖަކު އެކަހެރިކޮށް، ތަޅުލާފަ ހުރި ވީޑިއޯ ދައުރު ނުކުރުމަށް އެދިއްޖެ

Author
އައިޝަތު އަޙްމަދު
14 ސެޕްޓެމްބަރ 2023 12:32
0

ރޭގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓުގެ ބެލްކަންޏެއްގައި ކުޑަކުއްޖަކު އެކަހެރިކޮށް، ތަޅުލާފަ ހުރި ވީޑިއޯއެއް ސޯޝަލް މީޑއާގައި ދައުރުވާތީ އެކަން ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިލްތިމާސްކޮށްފިއެވެ.

އެޗްއާރުސީއެމުން ބުނީ، ރޭގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓުގެ ބެލްކަންޏެއްގައި ކުޑަކުއްޖަކު އެކަހެރިކޮށް، ތަޅުލާފަ ހުރި ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަމުންދާތީ އެ މަައްސަލަ ކަމާ ބެހޭ އިދާރާތަކުން ބަލަމުންދާކަމަށެވެ.

ކުޑަކުދިންނާ ގުޅުން ހުރި މިފަދަ ވީޑިއޯތައް މީސް މީޑިއާގައި ދައުރުކުރުމަކީ ކުޑަކުދިންގެ ކަރާމާތަށް ނުސީދާ ގޮތަކަށް އަސަރު ކޮށްފާނެ ކަމަކަށް ވާތީ، ކުޑަކުދިންނާ ގުޅުންހުރި މިފަދަ ވީޑިއޯ މީސް މީޑިއާގައި ހިއްސާ ނުކުރުމަށް އިލްތިމާސްކުރާކަމަށްވެސް އެޗްއާރުސީއެމުން ބުންޏެވެ. އަދި އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ، ކަމާ ގުޅޭ އިދާރާތަކަށް ރިޕޯޓުކުރުމަށް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

0 007
ހިއްސާނުކުރީމަތާ ދެންވެސް އެކަންކުރާނި