މާދަމާ މެންދުރުފަހު ހިޔާ ފްލެޓްތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ

މާދަމާ މެންދުރުފަހު ހިޔާ ފްލެޓްތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ

Author
މުޙައްމަދު ޝަޒައިމް
23 ޖޫން 2023 09:05
0

ހިޔާ ފްލެޓްތަކުގެ ދާއިމީ ކަރަންޓު ދިނުމުގެ މަސައްކަތް ނިމިފައިނުވާތީ މިމަސައްކަތް ކުރުމަށް މާދަމާ ހިިޔާ ފްލެޓްތަކުން މެންދުރުފަހު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަަށީގެންވާ ކަމެއްކަަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓޭލްކޯއިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދާއިމީ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް ނިމިފައިނުވާތީ، ދެވަނަ ފިޔަވަހީގައި އަލަށް ކުރަމުންދާ އިމާރާތްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި، ސްޓެލްކޯއިން ގާއިމްކޮށްފައިވާ ވަގުތީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މާދަމާ ހިޔާ ޓަވަރު 1 އިން 8 އަށް ހެނދުނު 10:00 އިން 12:00 އަށް އަދި ޓަވަރު 9 އިން 16 އަށް މެންދުރުފަހު 2:00 އިން 3:30 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.

ސްޓެލްކޯއިން ވަނީ ދާދިފަހުން މާލެ ސަރަހައްދުގެ ކަރަންޓު ފޯރުކޮށް ދިނުމުގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ބޭނުންކުރާނެ އިމަރޖެންސީ އިންޖީނުގޭގެ މަސައްކަތް ނިންމާލާފައެވެ.

މިއިންޖީނުގެ ތައްޔާރުކޮށްފައިވަނީ ހުޅުމާލޭ ބައު އިންޖީނުގޭގައެވެ. ސްޓެލްކޯއިން ބުނީ މި އިންޖީނުގޭގެ ޕަވާ ޕްލާންޓަކީ 20.2 މެގަވޮޓްގެ ކެޕޭސިޓީގެ ޕަވަރޕްލާންޓެއް ކަމަށެވެ. އަދި މިއާއިއެކު ގްރޭޓާމާލޭގެ ޕަވަރ ސެކިއުރިޓީ އިތުރަށް ކަށަވަރު ކުރެވިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.