ހިޔާ ފްލެޓް ސަރައްދުގައި ދެ ފުޓްސަލް ދަނޑު އަޅަނީ

ހިޔާ ފްލެޓް ސަރައްދުގައި ދެ ފުޓްސަލް ދަނޑު އަޅަނީ

Author
މުޙައްމަދު ޝަޒައިމް
13 ޖޫން 2023 03:54
0

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓް ސަރަހައްދުގައި ދެ ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އާބަންކޯއިން ބުނެފި އެވެ.އާބަންކޯއިން ބުނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ގިނަ އަދަދެއްގެ ރައްޔިތުންތަކެއް މިހާރު ދިރިއުޅެމުން ދާއިރު، އެ ސަރަހައްދުގައި ގިނަ ހިދުމަތްތަކާއި ވަސީލަތްތައް ތަރައްގީ ކުރުމަށް ސަރުކާރާއި އެ ކޯޕަރަޝަނާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތައް ބޭނުންވާ ކަންކަން ދެނެގަނެ ގިނަ މަސައްކަތްތަކެއް ރޭވި، މިހާރު ފެށިފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ. އެގޮތުން، މިހާރު އެ ސަރަހައްދުގައި ވަގުތީ ގޮތުން ހަދާފައިވާ ފުޓްސަލް ދަނޑު ހުރި ސަރަހައްދުގައި ޒަމާނީ އަދި ފެންވަރު ރަނގަޅު ދެ ދަނޑު އެޅުމަށް ޔޫތް މިނިސްޓްރީން މިހާރު ޒެބްކޯ ކުންފުންޏާއި ހަވާލުކޮށްފައި ކަމަށް އާބަންކޯއިން ބުނެފައި ވެއެވެ.

ހިޔާ ސަރަހައްދު ގައި ދެ ފުޓްސަލް ދަނޑު ތަރައްގީކުރުމަށް ޒެބޮކް އާއި ހަވާލުކުރީ 4،265،024.44 ރުފިޔާއަށެވެ. އަދި އެ މަސައްކަތް ޒެބޮކް އާއި ހަވާލުކުރީ މަސައްކަތް ފަށާތާ 55 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭގޮތަށެވެ.

އެ ދަނޑުތައް އެޅުމުން ހިޔާ ސަރަހައްދުގައި ދިރިއުޅޭ ކުދި ބޮޑު އެންމެހާ ފަރާތްތަކަށް ވެސް ކުޅިވަރު ކުޅުމަށް ގިނަ ލުއިތަކެއް ލިބިގެން ދާނެ ކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނީ އެ ނޫން ވެސް ގިނަ އިތުރު ކުޅިވަރުތައް ކުޅޭނެ ތަންތަން ތަރައްގީ ކުރުމަށް ޔޫތް މިނިސްޓްރީއާއި އެ ކޯޕަރޭޝަނާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.