މޯލްޑިވް ގޭސްގެ ޑީއެމްޑީ މަގާމުން ވަކިކޮށްފި

މޯލްޑިވް ގޭސްގެ ޑީއެމްޑީ މަގާމުން ވަކިކޮށްފި

Author
މުޙައްމަދު ޝަޒައިމް
07 ޖޫން 2023 09:14
0

މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމާއި ބޯޑް މެމްބަރު ކަމުގައި ހުންނެވި އަހުމަދު ޝަރީފް އެދެ މަގާމުންވެސް ވަކިކޮށްފިއެވެ.

އަހުމަދު ޝަރީފް މަގާމުން ވަކިކޮށްފައިވަނީ މޯލްޑިވް ގޭސްގެ ބޯޑުގެ ނިންމުމަކުން އިއްޔެއެވެ. ޝަރީފަކީ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ. އަދި ޝަރީފް ގެންދަވަނީ “ދަ ޑިމޮކްރެޓްސް“ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރި ވަނުންނެވެ.

ޝަރީފް އިއްޔެ މަގާމުން ވަކިކުރިއިރު ދަ ޑިމޮކްރެޓްސްގެ ހަރަކާތްތަކުގައި ބައިވެރިވެގެން މިފަހުން ވަނީ ގިނަ އަދަދެއްގެ ބަޔަކު ސަރުކާރުން ވަކިކޮށްފައެވެ.

މޯލްޑިވް ގޭސްއަކީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏަކަށް ވުމުން އެކުންފުނީގެ ބޯޑް މެމްބަރުކަމާއި ޑީއެމްޑީގެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ސިޔާސީ މަގާމެއް ނޫނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.