މާލެ ސިޓީގެ ކޮންމެ ގޭބީސީއަކަށް 50 ފޮތި ކޮތަޅު ދިނުމަށް ކައުންސިލްއިން ނިންމައިފި

މާލެ ސިޓީގެ ކޮންމެ ގޭބީސީއަކަށް 50 ފޮތި ކޮތަޅު ދިނުމަށް ކައުންސިލްއިން ނިންމައިފި

މާލެ ސިޓީގެ ހުރިހާ ގޭބީސީއަކަށް ފޮތި ކޮތަޅު ބަހަން ނިންމާފައިވާ ކަމަށް މާލެ ސިޓީގެ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ބުނީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ ހުރިހާ ގެއަކަށް ފޮތި ކޮތަޅު ބަހަން ނިންމީ އެ އިދާރާގެ ޕްލާސްޓިކާ ދުރުވުމުގެ ރޭވުމުގެ ދަށުން ކަމަށެވެ. ކޮންމެ ގެއަކަށް 50 ކޮތަޅު ބަހަން ނިންމާފައިވާ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

"އަޅުގަނޑު މި ހުށަހަޅަނީ އެކަހަލަ 25 ކޮތަޅުގެ ޕެކް ހަދާފަ މާލެސިޓީ ކައުންސިލްގެ ހަރަދުގައި މާލެ ސިޓީގެ ކޮންމެ ގޭބިސީ އަކަށް ހިލޭ ފޯރުކޮށްދޭން،" މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވި އެވެ. "ކައުންސިލްގެ އެއް އަމާޒަކީ ވެސް ހަމަ ތިމާވެށި ރައްކާތެރިކުރުމަށް އެކި ކަހަލަ މަޝްރޫއުތައް ހިންގުން."

މާލެ ސިޓީ ކައުންސިލުން ގޭބީސީތަކަށް ފޮތި ކޮތަޅު ބަހަން މި ނިންމީ ޕްލާސްޓިކު ކޮތަޅުން 2ރ. ގެ ފީއެއް ނަގަން ފަށާފައި އޮއްވަ އެވެ. ޕްލާސްޓިކު ކޮތަޅުން ފީއެއް ނަގަން ފެށީ ސަރުކާރުން ގެންގުޅޭ "ޕްލާސްޓިކު ނޫން ގޮތެއް" ސިޔާސަތުގެ ދަށުންނެވެ.

ފޮތި ކޮތަޅު ބެހުމަށް ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ކައުންސިލުން ބުނެ އެވެ.

"މިކަހަލަ މަސައްކަތްކުރާ ބޭފުޅުންނާ ނުރަސްމީކޮށް ދެކެވުނު ވާހަކައިގަ ފްރައިޓް ޗާޖާ އެއްކޮށް މާލެ ހުޅުމާލެ އަދި ވިލިމާލޭގެ ގާތް ގަނޑަކަށް 50،000 ގޭބިސީ އަށް 1.5 މިލިއަން ރުފިޔާ ހަރަދު ވާނެ،" މޭޔަރު ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ސާބަސް މޭޔަރ، މިއަދު ވެސް ހަކުރު، ހަނޑޫ ފުއް ގަންނަން 6 ރުފިޔާ އައް ކޮތަޅު ގަންނަން ޖެހުނީ،

Leave a Reply

Your email address will not be published. Required fields are marked *