Ad
އިލެކްޝަންސް ކޮމިޝަނުގެ ނައިބް ރައީސް އަކްރަމް ކޯވިޑަށް ޕޮޒިޓިވްވެއްޖެ

އިލެކްޝަންސް ކޮމިޝަނުގެ ނައިބް ރައީސް އަކްރަމް ކޯވިޑަށް ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
07 އޮކްޓޯބަރ 2020 05:40
0

އިލެކްޝަންސް ކޮމިޝަނުގެ ނައިބް ރައީސް އަޙްމަދު އަކްރަމް ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަކްރަމްއާއި، އޭނާގެ އަނބިކަނބަލުންވެސް ވަނީ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. އެދެމަފިރިން ކޯވިޑަށް ޕޮޒިޓިވް ވިކަން އެގިނފައިވަނީ މިއަދު ހެނދުނުއެވެ.

އަކްރަމް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭނާވަނީ މިހަފްތާގައި އޮފީހަށް ނިކުމުގެ މަސައްކަތުގައިވެސް އަމަލީގޮތުން ބައިވެރިވެފައެވެ. ނަމަވެސް އޭނާ މަސައްކަތުގައި ހަރަކާތްތެރިވެފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއޮގޮތަށް ކަމަށް މިޑީޔާތަކުގައި އަކްރަމް ވިދާޅުވެފައިވެއެވެ.

އަކްރަމް ކޯވިޑަށް ޕޮޒިޓިވްވުމުން އޭނާއަށް ދެން އެނބުރި މަސައްކަތަށް ނިކުމެވޭނީ ކަރަންޓީންގެ މުއްދަދު ހަމަކުރުމަށްފަހުގައެވެ. އަކްރަމް މަސައްކަތާއި ދުރަށް ދާނެޖެހިފައިވާއިރު އިލެކްޝަންސް ކޮމިޝަނުން ދަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ބަދަލު ގެނައުމަށް މުހިންމު މަސައްކަތްތަކެއް މިދުސްވަރު ކުރަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.