މާލެ ސިޓީ ކައުންސިލަކީ ދަންވަރު ވައްކަންކުރާ ކައުންސިލެއް: ރޮޒޭނާ

މާލެ ސިޓީ ކައުންސިލަކީ ދަންވަރު ވައްކަންކުރާ ކައުންސިލެއް: ރޮޒޭނާ

ގުޅުންހުރި

މާލެ ސިޓީ ކައުންސިލަކީ ދަންވަރު ވައްކަން ކުރާ ކައުންސިލެއްކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމްގެ ފާޑުކިޔުން މާލެ ސިޓީ ކައުންސިލަށް އަމާޒުކޮށްފިއެވެ.

ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ގުދަނަކަށް، މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް ރޭ ވަތް މައްސަލަ ޕޮލިހަށް ވަނީ ހުށަހަޅާފައެވެ. މިކަމާއި ގުޅިގެން މިނިސްޓަރ މަހުލޫފްވެސް ރޭވަނީ ޓުވީޓެއްކޮށްފައެވެ. މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ އެ މިނިސްޓްރީގެ މުދާތަކެއް ރައްކާކުކޮށްފައި ހުރި ގުދަނުގެ ތަޅު ހަލާކުކޮށްލައި، ސާމާނުތަކެއް ގެންދަން ކައުންސިލުން މަސައްކަތްކުރި ކަމަށެވެ. އެ މައްސަލަ ރޭގެ ވަގުތެއްގައި ވަނީ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ރޮޒޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުން ނިދާފައި ތިއްބާ ގޭގޭގެ ބާލީސް ދޮށުގައި ހަތިޔާރު ބެހެއްޓި ގޮތަށް މިއަދު މާލެ ސިޓީ ކައުންސިލުން ވައްކަން ކުރަމުން ދާކަމަށެވެ. މިވަރުން ދާކަމުގައި ވާނަމަ މާލޭގެ ރައްޔިތުންގެ ގޭގެވެސް ފަޅަން ފަށާފާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ އަޖައިބެއް ކަހަލަ ކަމެއް! މޭޔަރަށް ވިޔަސް ބޮޑުވަރު! ޔާމީން ސަރުކާރުގައި ގޭގެއަށް ވަދެ ބާލީސްދަށުގަ ބަޑިލީ ގޮތަށް މިއަދު މުއިއްޒުގެ މޭޔަރު ކަމުގައި މާލޭ ރައްޔިތުންގެ ގޭގެވެސް ފަޅަން ފަށާފާނެ މިވަރުން ދަންޔާ! މިވަރުގެ ކައުންސިލެއް ނެތިއްޔާ ރަނގަޅީ! ދަންވަރު ވައްކަން ކުރާ ކައުންސިލް!

– ރޮޒޭނާ ވިދާޅުވިއެވެ.

ސޯޝަލް މީޑިއާއިން ފެންނަ ފޮޓޯތަކުން، ސިޓީ ކައުންސިލްގެ ލޯގޯ ޖެހި ޓީޝާޓުގައި ފިރިހެން މުވައްޒަފުންތަކެއް، ދެ ޕިކަޕަކަށް މުދާ އަރުވާ ފޮޓޯ ފެނެއެވެ. އެ ގުދަނަކީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރުމާލު ޖަގަހަ ހިންގިތަނާ ކައިރީގައި ހުންނަ ތަނެކެވެ. މަހުލޫފުގެ ތުހުމަތުތައް ދޮގުކޮށް، ކައުންސިލުން ބުނީ އެއީ އެ ތަނުގެ ބެލުމުގެ ދަށުގައި އޮންނަ ގުދަނެއް ކަމަށެވެ.

ސިޓީ ކައުންސިލާއި ސަރުކާރުގެ ބައެއް އިދާރާތަކާ މީގެ ކުރިން ވެސް މިފަދަ ބައެއް މައްސަލަތައް އަންނަނީ ޖެހެމުންނެވެ. އެގޮތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، ސްޓެލްކޯ، އެމްޓީސީސީ އަދި ވެމްކޯ ފަދަ ކުންފުނިތަކާ ވެސް އެކި މައްސަލަތަކާއި ޚިޔާލު ތަފާތުވުންތައް އުފެެދިފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ