Ad
ސިޓީ ކައުންސިލް ބައްދަލުވުމުގައި ޝިފާޒްއާއި ޙަސަން ބައިވެރިކުރަން ފާހެއްނުވި

ސިޓީ ކައުންސިލް ބައްދަލުވުމުގައި ޝިފާޒްއާއި ޙަސަން ބައިވެރިކުރަން ފާހެއްނުވި

Author
މުޙައްމަދު ޖިމީ
07 އޮކްޓޯބަރ 2020 01:08
0

މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށްގެންދާ ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ލަފަޔާއި މަޝްވަރާ ދެއްވުމަށް އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒްއާއި ޗެއަރޕާސަން ޙަސަން ލަޠީފް ކައުންސިލް ބައްދަލުވުންތަކުގައި ބައިވެރިކުރެއްވުމަށް ފާހެއް ނުވިއެވެ.

އެމްޑީޕީގެ ފަރާތުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކުރުމަށާއި، އެކަންކަމަށް މަގުފަހިކުރުމަށް އަދި އެކަންކަން ކުރިއަށްދާ މިންވަރުބެލުމަށް އެމްޑީޕީގެ ނާއިބު ރައީސް ޙަސަން ޝިފާޒްއާއި ޗެއަރޕާސަން ޙަސަން ލަޠީފް ސިޓީ ކައުންސިލް ބައްދަލުވުންތަކުގައި ބައިވެރިކުރުމާ ގުޅޭގޮތުން ކައުންސިލް ބައްދަލުވުމަށް ހުށައަޅާ މަޝްވަރާކުރައްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

ނަމަވެސް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ރިޔާސަތު ބެލެހެޓެވި ކައުންސިލްގެ ބައްދަލުވުމަށް މިކަމަށް މެންބަރުންނަށް ފެނިވަޑައިގަންނަވާގޮތެއް ބެއްލެވުމަށް ހުށައެޅުއްވުމުން ހުރިހާ މެންބަރުންގެ އިއްތިފާޤުން ފާސްކުރީ ސިފާޒްއާއި ޙަސަން އެބައްދަލުވުންތަކުގައި ބައިވެރިކުރަން ނުފެންނަކަަމަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލް މެންބަރުން ފާހަގަކުރެއްވި ގޮތުގައި ކައުންސިލް ބައްދަލުވުންތަކުގައި އެމްޑީޕީގެ ނާއިބު ރައީސްއާއި ޗެއަރޕާސަން ބައިވެރިވެވަޑައި ނުގެންނެވިނަމަވެސް އެމްޑީޕީގެ ފަރާތުން ދޭންބޭނުންވާ މަޝްވަރާ އަބަދުވެސް ކައުންސިލަށް އެރުވޭނެކަމަށެވެ. އަދި އެފުރުޞަތު އަބަދުވެސް އޮންނާނެކަމަށާއި، އެކަމަށް ކައުންސިލުން އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި މާލެސިޓީގެ ކައުންސިލަކީ އެމްޑީޕީގެ މެޖޯރީޓީ އޮތް ކައުންސިލެއްކަންވެސް މެންބަރުން ވަނީ ފާހަނގަކުރައްވާފައެވެ.

މާލެ ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިވާއިރު ޑރ.އިބްރާހީމް ނާޝިދު ވަނީ ކޯވިޑް-19ގެ ތެރޭގައި ވޮލެންޓިއަރެއްގެ ގޮތުގައި ސިޓީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅޭގޮތުން ކައުންސިލަށް މަޝްވަރާ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.