ދީނީ އިރުޝާދު ފޯރުކޮށްދިނުމަށް އާސަހަރާގައި ސްކްރީންއެއް ބަހައްޓައިފި

ދީނީ އިރުޝާދު ފޯރުކޮށްދިނުމަށް އާސަހަރާގައި ސްކްރީންއެއް ބަހައްޓައިފި

Author
އަޒްފާ ރަޝީދު
25 މާރޗް 2023 05:55
0

ދީނީ މައުލޫމާތު ފޯރުކޮށްދިނުމަށް ފުރަތަމަ ފަހަރަށް އާސަހަރާގައި ސްކްރީން ހަރުކޮށްފިއެވެ.

ކަށުނަމާދާއި ގުޅޭ މައުލޫމާތާއި މައްޔިތާގެ މައްޗަށް ކުރެވިދާނެ ދުއާތަކާއި ދީނީ އިރުޝާދު ފޯރުކޮށްދިނުމަށް އާސަހަރާގައި ސްކްރީން ހަރުކޮށްފައިވަނީ މާލެސިޓީ ކައުންސިލާއި ނަސޭހަތް ޖަމިއްޔާ ގުޅިގެންނެވެ.

މޭޔަރު މުޙައްމަދު މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަހަރާއާއި މިސްކިތާއި އަދި މުޅި ސަހަރާ ކޮމްޕައުންޑް ތަރައްގީ ކުރުމަށް ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވި އޭގެ ބައެއް ކަންކަން މި ރޯދަމަހަށް ނިމިފައިވާ ކަމަށެވެ. އަދި އެކަންކަމަށް އެކި ފަރާތްތަކުން ދެއްވާ އެހީތެރިކަމަށް މުޢިއްޒު ވަނީ ޝުކުރުއަދާ ކުރައްވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.