ރޯދަމަހު ކެފޭ، ރެސްޓޯރަންޓުތައް މެންދަމު 3 ޖެހުމާއި ހަމައަށް ހުޅުވާފައި ބެހެއްޓޭނެ

ރޯދަމަހު ކެފޭ، ރެސްޓޯރަންޓުތައް މެންދަމު 3 ޖެހުމާއި ހަމައަށް ހުޅުވާފައި ބެހެއްޓޭނެ

ގުޅުންހުރި

ރަމަޞާންމަހު ކެފޭ އަދި ރެސްޓޯރަންޓު ފަދަ ތަންތަން ހުޅުވޭނެ އެންމެ ލަސް ވަގުތަކަށް މެންދަމު 3 ޖެހުމާއި ހަމައަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އިޢުލާންކޮށްފައިވާ ގޮތުގައި މިއަހަރުގެ ރޯދަމަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ހަވީރު 17:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށެވެ. އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަން ވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ވަނީ މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް ވެސް އާއްމު ކޮށްފައެވެ.

އެގޮތުން އެ މިނިސްޓްރީން ބުނީ މިއަދުން ފެށިގެން އަދި ރަމަޟާން މަހާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30 އިން މެންދަމު 1:00 ކަމަށް އިއުލާންގައި ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ