ފުލުހަކު ޕޮޒިޓިވްވުމާއި ގުޅިގެން މޮނިޓަރިންގގެ ޙާލަތަށް ގެންދިޔަ ރާއްޖޭގެ އުތުރުގެ 6 ރަށް މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ ކުޅުފުއްފުށީގައި މަސައްކަތްކުރާ ފުލުހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން، މޮނިޓަރިންއަށް ލާފައިވާ ހއ.ދިއްދުއާއި ހދ.ހޯރަފުއްޓާއި ހއ.ބާރަށާއި ހދ.ކުޅުދުއްފުއްޓާއި ހދ.ކުރިނބީއާއި ށ.ފުނަދޫގެ އެ ހާލަތު އުވާލާފައިވާކަމަށެވެ.
މި 6 ރަށް މޮނިޓަރިންއަށް ލާފައިވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވި ފުލުސް މީހާ މަސައްކަތް ކުރުމަށްޓަކައި މިރަށްރަށަށް ދަތުރުކޮށްފައިވާތީއެވެ. އެ މީހާއަކީ އެހެން ކޭސްއަކާއި ގުޅުންހުރި މީހެއް ނޫން ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. މިރަށްތަށް މޮނިޓަރިގެ ޙާލަތަށް ގެންދިޔައީ އެ މީހާއާއި ސީދާ ދިމާވި މީހުން ދެނެގަތުމަށް ކަމަށާއި މޮނިޓަރިންގެ ޙާލަތު މިހާރު އުވާލާފައިވަނީ އެ މަސައްކަތްތައް ނިމިފައިވާތީކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ