ގުޅީ ފަޅުގައި ހުންނަ، ވިލިމާލެ ބުރިޖް އެޅުމުގެ މަސައްކަތް ކުރަނުންދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ އެކޮމޮޑޭޝަން ބްލޮކްގައި ރޯވެ އެކޮމޮޑޭޝަން ބްލޮކް އަނދައިފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ، މި އަލިފާނުގެ ހާދިސާގެ މައުލޫމާތު އެފަރާތައް ލިބިފައިވަނީ ރޭގެ 12:31 ގައި ކަމަށެވެ. މައުލޫމާތު ލިބުމާއެކު އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް އެމްއެންޑީއެފްއިން ހާމަ ކޮށްފައި ވެއެވެ.
މިތަނުގައި އަލިފާން ރޯވި ސަބަބެއް އަދި އެގިފައެއް ނުވެއެވެ. އެހެންނަމަވެސް މިހާދިސާގައި އެކޮމޮޑޭޝަން ބްލޮކްގައި ތިބި ބައެއް މީހުންނަށް އަނިޔާ ވެފައިވާކަމުގެ މައުލޫމާތުވަނީ ލިބިފައެވެ.

މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނެފައިވަނީ އަލިފާނުގެ ހާދިސާގައި މި އެކޮމޮޑޭޝަން ބްލޮކް ބޭނުން ނުކުރެވޭވަރަށް އަދާފައި ވާކަމުގައެވެ.
އެފްކޮންސްއިން ވިލިމާލެ ބުރިޖް އަޅަމުން ދާއިރު މި މަސައްކަތުގައި މިހާތަނަށް ގިނަ ނުރައްކާތެރި ހާދިސާތަކެއް ވަނީ ހިގައިގެން ގޮސްފައެވެ. އޭގެ ތެރޭގައި ބްރިޖް އަޅަން ބޭނުންކުރާ ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރުމާއި، ބުރިޖްގެ ތަނބުތައް ޖަހަން ބޭނުންކުރި ކެރޭނެއް ބިންދައިގެން ދިއުންވެސް ހިމެނެއެވެ.
ބްރިޖް ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރުމާއި ގުޅިގެން އީޕީއޭއިން މިހާރުވަނީ އެފްކޮސްން ބޮޑު އަދަދަކުން ޖޫރިމަނާވެސް ކޮށްފައެވެ.
ތަފްސީލް އަންނަނ..
ކޮމެންޓު ފޮނުވާ