ނިރުފެހިގޭ އަލިފާނުގެ ޙާދިސާ: ކުއްޔަށް އުޅުނު 5 ގެއެއްގެ މީހުންނަށް 1 މަހުގެ ކުލި އެންޑީއެމްއޭއިން

ނިރުފެހިގޭ އަލިފާނުގެ ޙާދިސާ: ކުއްޔަށް އުޅުނު 5 ގެއެއްގެ މީހުންނަށް 1 މަހުގެ ކުލި އެންޑީއެމްއޭއިން

Author
ޢަލީ އާދަމް
24 ނޮވެމްބަރ 2022 04:13
0

މ.ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ގެއްލުން ލިބުނު މީހުންގެތެރެއިން ކުށްޔަށް ދިރިއުޅުނު 5 ގެއެއްގެ މީހުންނަށް އެހެންތަނެއް ކުށްރަށް ހިފުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ފައިސާގެ އެހީ ފޯރުކޮށްދީފިއެވެ.

އެގޮތުން އެމީހުން ކުއްޔަށް ދިރިއުޅެމުންދިޔަ ތަން ނޫޅެވޭވަރު ވެފައިވާތީ 5 ގެއެއްގެ މީހުންނަށް އެހެންތަނެއް ކުއްޔަށް ހިފަން 15 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެހެންތަނެއް ކުށްޔަށް ހިފަން 2 މަހުގެ އެޑްވާންސް ފައިސާއާއި އެއްމަހުގެ ކުލީގެ ފައިސާ ފޯރުކޮށްދީފައި ވާނެކަމަށް އެންޑީއެމްއޭއިން ބުނެއެވެ. މިއީ ކާރިޘާ ތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޯށްދިނުމަށް އަމަލުކުރާ އުސޫލުގެ ތެރެއިން ހަމަޖެއްސި އެހީއެއްކަމަށް އެފަރާތުން ބުނެއެވެ.

އެންޑީއެމްއޭއިން ބުނީ މި ޙާދިސާއާ ގުޅިގެން ވަގުތީ ހިޔާތަކުގައި މިވަގުތު އެއްވެސް މީހަކު ނެތްކަމަށެވެ. ޖުމުލަ 6 ގޭބިސީއެއްގެ މީހުންނަށް މިޙާދިސާއާ ގުޅިގެން ވަގުތީ ހިޔާ ފޯރުކޮށްދީފައިވެއެވެ.

މިމަހުގެ 9ވަނަ ދުވަހުގެރޭ މ.ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.