އެންޑީއޭ ބޯޑުގެ ޗެއާޕާސަނަކަށް ލުބުނާ ހަމަޖައްސަވައިފި

އެންޑީއޭ ބޯޑުގެ ޗެއާޕާސަނަކަށް ލުބުނާ ހަމަޖައްސަވައިފި

Author
ޙަސަން މުޙައްމަދު
25 ޖޫން 2024 05:00
0

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ހޯމްގެ ސްޓޭޓް މިނިސްޓަރު ލުބުނާ މުހައްމަދު ޒާހިރު ހުސެއިން އައްޔަންކޮށްފި އެވެ.

ހޯމް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި މި މަހުގެ 13 ވަނަ ދުވަހުގައި އެންޑީއޭގެ ބޯޑު އަލުން އެކުލަވާލާފައިވާ ކަމަށާއި އެ ބޯޑަށް ލުބުނާ އައްޔަންކޮށްފައި ވަނީ ހޯމް މިނިސްޓްރީ ތަމްސީލުކުރައްވާ ފަރާތެއްގެ ހަސިއްޔަތުން ކަމަށެވެ.

އެ ބޯޑުގައި ޖުމްލަ ދިހަ މެންބަރުން ހިމެނެއެވެ. އަދި ބާކީ ތިބި ބޯޑުގެ މެމްބަރުން ވެސް އައްޔަންކޮށްފައިވަނީ އެ ބޭފުޅަކު ނިސްބަތްވާ ދާއިރާ ތަމްސީލުކުރާ މެމްބަރެއްގެ ގޮތުގަ އެވެ. އެ ދިހަ މެންބަރުންނަކީ:

– ރައީސް އޮފީސް – ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކިއުރިޓީ ފޯ ޕަބްލިކް ޕޮލިސީ ޝިބާނާ އަބްދުﷲ ދީދީ

– ހެލްތު މިނިސްޓްރީ – އެ މިނިސްޓްރީގެ ނައިބު އިސްމާއިލް ޒާހިރު

– ޔޫތު މިނިސްޓްރީ – އެ މިނިސްޓްރީގެ ނައިބު އިސްމާއިލް ރަޝީދު

– އެޑިއުކޭޝަން މިނިސްޓްރީ – އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް ފާތިމަތު އައްޒާ

– ޑިފެންސް މިނިސްޓްރީ – ލެފްޓިނަންޓް ކާނަލް އާމިނަތު ޝުމްރާ

– ފުލުހުން – ޗީފް ސްޕްރިންޑެންޓް އަހްމަދު ޝާކިރު

– ކަސްޓަމްސް – ޑެޕިއުޓީ ޗީފް ސްޕްރިންޑެންޓް އަހްމަދު ސިމާހް

– އިމިގްރޭޝަން – ޗީފް ސްޕްރިންޑެންޓް އޮފިސަރު ސީނީޒް އަލީ

– މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ އަމިއްލަ ޖަމާއަތެއް ތަމްސީލުކުރާ ބޭފުޅެއްގެ ހައިސިއްޔަތުން – ޖާނީ ޖަމިއްޔާގެ ފަރާތުން އަހްމަދު އަބްދުއްސައްތާރު

އެންޑީީއޭ މީގެ ކުރިން އޮތީ ހެލްތު މިނިސްޓްރީގެ ދަށުގައެވެ. ނަމަވެސް މި ސަރުކާރުން ވަނީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.