14 އަހަރުގެ ކުއްޖަކާ ޖިންސީ ގުޅުން ހިންގަން އުޅުނު މައްސަލައެއްގައި ހައްޔަރު ކުރި 35 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަޔަކީ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަން (ތ،ލ) ހިމެނޭ އަތޮޅުގެ ރަށެއްގައި އެކި ދުވަސް މަތިން 14 އަހަރުގެ އަންހެން ކުއްޖަކު ގްރޫމްކޮށް ޖިންސީ އަމަލު ހިންގުމަށް ހިއްވަރުދީ ޖިންސީ ގުޅުން ހިންގަން އުޅުނު ކަމުގެ މައްސަލައެއް ކަމަށެވެ. މިއީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ކުޑަކުދިންނާއި ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަށްވާތީ އާއި ކުއްޖާގެ ރައްކާތެރިކަމަށްޓަކައި އެ ކުއްޖާގެ ޒާތީ އެއްވެސް މަޢުލޫމާތެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ