އުތުރު ކޮރެއާއިން މިހާރު ކުރަމުންދާ މިސައިލް ޓެސްޓުތަކަކީ އިންވެގެން އޮތް ސައުތު ކޮރެއާއަށް ޓެކްޓިކަން ނިއުކުލިއަރ (ނިއުކުލިއަރ މިސައިލްގެ ކުރު ރާސްތާ ހަމަލާ)އެއް ދޭން ޖެހިއްޖެ ހާލަތެއްގައި އެކަމަށް ތައްޔާރަށް އޮތުމުގެ ގޮތުން ވަނުންދާ ތައްޔާރީތަކުގެ ބައެއް ކަމުގައި އުތުރު ކޮރެޔާއިން ބުނެފިއެވެ.
ފާއިތުވެދިޔަ ސެޕްޓެމްބަރުމަހުގެ 25 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އުތުރު ކޮރެއާއިން ވަނީ ބެލެސްޓިކް މިސައިލްގެ 7 ޓެސްޓެއް ކޮށްފައެވެ. މި ގޮތުން އެންމެ ފަހުން އުތުރު ކޮރެއާއިން ކޮށްފައިވާ ބެލެސްޓިކް މިސައިލް ޓެސްޓަކީ އެގައުމުން މިއަރު ކުރި 25 ވަނަ ޓެސްޓެވެ. ނަތީޖާއެއްގެ ގޮތުން، 2017 ވަނަ އަހަަރަށްފަހު ނުތަނަވަސްކަން އުފެދިފައނުިވާ މިންވަރަށް ނޯތު ކޮރެއާއާއި ސައުތު ކޮރެއާ ދެމެދުގަ އާއި އަދި މުޅި ސަރަހައްދުގައިވެސް ވަނީ ނުތަނަވަސްކަން އުފެދިގެން ގޮސްފައެވެ.
ފާއިތުވެދިޔަ ހުރިހާ ޑްރިލްއެއްވެސް އަމިއަށް ބެއްލެވި، ނޯތު ކޮރެއާގެ ޚުދުމުޚްތާރު ވެރިއާ ކިމް ޖޮންގ އުންއާއި ހަވާލާދީ އެގައުމުގެ ސަރުކާރުގެ ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ (KCNA)އިން ކިމް ޖޮންގ އުން ވިދާޅުވެފައިވާކަމަށް ރިޕޯޓު ކޮށްފައިވަނީ މި ޓެސްޓުތަކުން ދައްކުވައިދެނީ އެގައުމުގެ އޮތް "ބޮޑު އަސްކަރިއްޔާ" އޮތީ ސަރަހައްދީ ގޮތުން ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކަށްވެސް ފުރިހަމަޔަށް ތައްޔާރުވެގެން ކަމެވެ.
ނޯތު ކޮރެއާއިން މި ޓެސްޓުތައް ކޮށްފައިވަނީ، އެގައުމުގެ ކަރީގައި ދެނުކު ކޮރެއާއި، އެމެރިކާ އަދި ޖަޕާން ގުޅިގެން ބޭއްވި އަސްކަރީ ޑްރިލްތަކާއި ދިމާކޮށެވެ.
އުތުރު ކޮރެއާގެ ސަރުކާރުގެ ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ (KCNA)އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެގައުމުގެ އަސްކަރިއްޔާގެ "ޓެކްޓިކަލް ނިއުކުލިއަރ އޮޕަރޭޝަން ޔުނިޓް"ތަކުން އެންމެ ފަހުން ބޭއްވި 7 ޑްރިލްތަކުން ދައްކުވައި ދީފައިވަނީ އެގައުމުގެ ނިއުކުލިއަރ ފައުޖުތަކުން ބޭނުން ވެއްޖެ ކޮންމެ ވަގުތެއްގައިވެސް، ސީދާ އަމާޒަށް ހަމަލާދީ، އެމާޒެއް އެކީ ނައްތާލުމަށް އޮތީ ތައްޔާރަށް ކަމެވެ.
އީސްޓް އޭޝިއާ ނޮންޕްރިލިފެރޭޝަން ގެ ޑައިރެކްޓަރ އަދި މެޑިލްބެރީ އިންސްޓިޓިއުޓް އޮފް އިންޓަރނޭޝަނަލް ސްޓަޑީސްގެ ޕްރޮފެސަރ ޖެފްރޯ ލެވިސް ވިދާޅުވާ ގޮތުގައި، ހޯމަ ދުވަހު އުތުރު ކޮރެއާއިން ހާމަ ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެގައުމުގެ މިސައިލް ޕްރޮގްރާމްއިން އެކަށީގެންވާ ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ބަލަންޖެހެއެވެ.
އުތުރު ކޮރެއާއިން އެންމެ ފަހުން ޓެސްޓު ކުރި ބައެއް މިސައިލް ޓެސްޓުތައް ކޮށްފައިވަނީ ބައެއް މިސައިލްތައް ޖަޕާން މަތިން އުދުއްސާލައިގެންނެވެ. މި މިސައިލްތައް ޖަޕާން މަތިން އުދުއްސާލުމާއި ގުޅިގެން ދެވަނަ ބޮޑު ހަނގުރާމައަށްފަހު ފުރަތަމަ ފަހަރަށް ޖަޕާނުގައި ވަނީ މިސައިލް ހަމަލާއެއް އަތުވެދާނެ ކަމުގައި އިންޒާރު އެގައުމުގެ އާންމު ކޮށްފައެވެ.