ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ޖޫން 21, ގައި ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝެއިހް އާދަމް ނިޝާނާއި ފަޒްލޫން މުހައްމަދަށް ބޮޑެތި އަދަބުތަކެއް އަންނަ ދައުވާތަކެއް އުފުލައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޯގާ ދުވަހު ގަލޮޅު ދަނޑަށް ވަދެގަނެ ހަމަނުޖެހުން ހިންގި މައްސަލައިގައި 18 މީހެއްގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށެވެ. މިގޮތުން، އެ މައްސަލައިގައި ދެ އިލްމުވެރިންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއެވެ.
މަނުޖެހުން ހިންގަން ރޭވުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ޝައިހް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާންގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާއެވެ.
މިގޮތުން، އެ މައްސަލައިގައި ދެ އިލްމުވެރިންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ، 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މި މައްސަލައިގާ ދެން ދައުވާކުރި 16 މީހުންނަށް ވެސް ވަނީ ބޮޑެތި އަދަބުތަކެއް ލިބޭ ދައުވާތަކެއް އުފުލާފައެވެ. ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން ޝަރުތުތަކަކާއެކު ފަޒްލޫން ދޫކޮށްލީ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. އޭގެ ފަހުން ނިޝާން ބަންދުން ދޫކޮށްލާފައިވަނީ އޮގަސްޓު މަހުގެ ހަތް ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ