އައްޑޫއަށް 2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އައްޑޫއަށް 2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި

Author
އައިޝަތު އަޙްމަދު
19 މާރޗް 2026 09:57
0

އައްޑޫ ސިޓީއަށް ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާގެ ރައްޔިތަކު ގަން އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައިވަނީ އުމުރުން 58 އަހަރުގެ ސަލްދިން ވަލިމޮހްމަދު ރުއްފިން ނަމަކަށް ކިޔާ މީހެކެވެ. އޭނާ އެންމެ ފުރަތަމަ ހިފަހައްޓާފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިންނެވެ. އެއަށްފަހު ފުލުހުންނާ އޭނާ ޙަވާލުކުރުމުން، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަން ފަށާފައެވެ.

މިއީ މި ހިނގާ އަހަރުގެ ތެރޭގައި އައްޑޫ ސިޓީއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗެވެ. މީގެ އިތުރުންވެސް، ވައިގެ މަގުންނާއި ކަނޑުގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މި އަހަރުގެ ތެރޭގައި ކަސްޓަމްސްއިން ވަނީ އެކި ފަހަރު މަތިން އަތުލައިގަނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.