ހުޅުމާލޭގެ ފްލެޓެއްގައި އަލިފާން ރޯވެ، ހަ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފި

ހުޅުމާލޭގެ ފްލެޓެއްގައި އަލިފާން ރޯވެ، ހަ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފި

Author
އަހުމަދު
17 ޖޫން 2026 10:59
0

ހުޅުމާލޭގެ 141 ވަނަ ފްލެޓުގައި ރޭ ފަތިހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ދުމުގެ އަސަރުކުރި ހަ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފިއެވެ.

ފުލުހުންނަށް މި ހާދިސާ ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު 4:00 ހާއިރުއެވެ. އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ވަގުތުން ހަރަކާތްތެރިވެ އަލިފާން ނިއްވާލުމުގެ މަސައްކަތް ކޮށްފައިވާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ އެ ފްލެޓުގެ ގްރައުންޑް ފްލޯގެ ބަދިގޭގައި ބޭނުންކުރި ފެންހޫނުކުރާ ޕޮޓެއްގައި ރޯވެގެން ކަމަށް އެމްއެންޑީއެފްއިން ވަނީ މަޢުލޫމާތުދީފައެވެ.

މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންދިޔަ ހަ މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ދެ ކުޑަކުދިން ހިމެނެއެވެ. ނަމަވެސް އެންމެންނަށް ފަރުވާ ދިނުމަށްފަހު، އެންމެންގެ ހާލުވެސް މިހާރު ރަނގަޅުކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަލިފާނުގެ ސަބަބުން އެ ފްލެޓުގައި ދިރިއުޅެމުންދިޔަ އާއިލާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިހާރު ދަނީ އެ އާއިލާގެ ހަ މީހުން ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ހާލުގައި ޖެހުނު އާއިލާއަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެ އޮތޯރިޓީން ދަނީ ކުރަމުންނެވެ. މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.