ކޫރިއާ މެދުވެރިކޮށް ރާއްޖެއަށް ފޮނުވި ޕެކޭޖެއްގައި ފޮރުވައިގެން ގެނައި 3.6 ކިލޯގެ ކެނަބިސް، ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.
ކަސްޓަމްސް އިން ބުނީ، މިދިޔަ ހޯމަ ދުވަހު ޕެކޭޖު ބަލައިފާސްކުރަމުން ދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވުނު ކަމަށެވެ. އިތުރަށް ބެލުމުން އެ ޕެކޭޖުގެ ތެރެއިން ކެނަބިސް ފެނުނު ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ކޫރިއާ މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި ގެނައުމުގެ މަސައްކަތެއް ހުއްޓުވާލީ މިއީ ފުރަތަމަ ފަހަރަށް ނޫނެވެ. މިދިޔަ ސެޕްޓެމްބަރު މަހު ވެސް، ކޫރިއާ މެދުވެރިކޮށް ރާއްޖެއަށް ގެނައި 11.7 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފައިވެ އެވެ.
ކޮމެންޓު ފޮނުވާ