ސުޕްރީމް ކޯޓަށް އަލީ ސަމީރު: 55 ވޯޓާއެކު މަޖިލީހުން ފާސްކޮށްފި

ސުޕްރީމް ކޯޓަށް އަލީ ސަމީރު: 55 ވޯޓާއެކު މަޖިލީހުން ފާސްކޮށްފި

Author
އަހުމަދު
25 ނޮވެމްބަރ 2026 03:40
0

 

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. ސަމީރުގެ ނަން ފާސްވީ 55 މެންބަރުން ތާއީދުކުރުމުންނެވެ.

ސުޕްރީމް ކޯޓުގައި ގޮނޑިއެއް ހުސްވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހު ރިޓަޔަރ ކުރުވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމުމުންނެވެ. އެ މަގާމަށް ސަމީރު އައްޔަންކުރުމަށް ޖޭއެސްސީން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދިނުމުން ރައީސް ވަނީ އޭނާގެ ނަން މަޖިލީހަށް ފޮނުއްވާފައެވެ.

ސަމީރު ވަނީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯއިން ބެޗްލާސް ޑިގްރީއާއި، މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕެރޭޓިވް ލޯއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.

އޭނާ ވަނީ މަދަނީ ކޯޓުގެ އިސްގާޒީކަމާއި 2011 އިން 2022 އަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. އޭގެފަހުން އޭނާ ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުވެސް އަދާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.