މޭ މަހު ރާއްޖެއިން އެކްސްޕޯޓުކުރި ދަޅުމަހުގެ ނިސްބަތަށް ބޮޑު ކުރިއެރުމެއް

މޭ މަހު ރާއްޖެއިން އެކްސްޕޯޓުކުރި ދަޅުމަހުގެ ނިސްބަތަށް ބޮޑު ކުރިއެރުމެއް

Author
އަހުމަދު
17 ޖޫން 2026 02:14
0

ފާއިތުވި މޭ މަހު ދިވެހިރާއްޖެއިން ބޭރުކުރި ދަޅުމަހުގެ ނިސްބަތް އޭގެ ކުރީ މަހާ އަޅާބަލާއިރު 22.5 އިންސައްތަ އިތުރުވެއްޖެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، މޭ މަހު ރާއްޖެއިން ޖުމްލަ 98 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓުކޮށްފައެވެ. ރާއްޖެއިން ބޭރުކުރާ މުދަލުގެ އެންމެ ބޮޑު އިންސައްތައެއް އަބަދުވެސް ހިއްސާކުރާ ކަނޑުމަހުގެ ބާވަތްތަކުގެ ތެރެއިން، މިދިޔަ މަހުވެސް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ދަޅުމަހުންނެވެ. އެގޮތުން އޭޕްރީލް މަހު 31 މިލިއަން ރުފިޔާގެ ދަޅުމަސް ބޭރުކުރިއިރު، މޭ މަހު އެ އަދަދު ވަނީ 38 މިލިއަން ރުފިޔާއަށް އަރާފައެވެ. ދަޅުމަހުގެ އިތުރުން ދެން އެންމެ ގިނައިން ބޭރުކޮށްފައިވަނީ ގަނޑުކުރި ކަޅުބިލަމަހާއި ކަންނެއްޔެވެ. އެއީ ގަނޑުކުރި ކަޅުބިލަމަހުގެ ގޮތުގައި 27 މިލިއަން ރުފިޔާގެ މުދާ އަދި ގަނޑުކުރި ކަންނެލީގެ ގޮތުގައި 18 މިލިއަން ރުފިޔާގެ މުދަލެވެ.

ދިވެހި އުފެއްދުންތައް އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވާ ގައުމުތަކަށް ބަލާއިރު، އެންމެ ކުރީގައި އުޅެނީ 36 މިލިއަން ރުފިޔާގެ މުދާ އެތެރެކުރި އިނގިރޭސިވިލާތެވެ. މީގެ އިތުރުން ތައިލޭންޑަށް 35 މިލިއަން ރުފިޔާގެ އުފެއްދުންތައް ފޮނުވާފައިވާއިރު، ފަރަންސޭސިވިލާތަށް 6 މިލިއަން ރުފިޔާ، އިންޑިއާއަށް 5 މިލިއަން ރުފިޔާ އަދި ޖަރުމަނުވިލާތަށް 4 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.