ނަޝީދުގެ "ކުރުވާހަކަ – 80ގެ ފަހުކޮޅު" ޕްރީއޯޑަރަށް ހުޅުވާލައިފި

ނަޝީދުގެ "ކުރުވާހަކަ – 80ގެ ފަހުކޮޅު" ޕްރީއޯޑަރަށް ހުޅުވާލައިފި

Author
އަހުމަދު
26 ސެޕްޓެމްބަރ 2026 08:14
0

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވާފައިވާ ކުރުވާހަކަތައް ހިމެނޭ ފޮތެއް ނެރެ، އެ ފޮތުގެ ޕްރީއޯޑަރު އާންމުންނަށް ހުޅުވާލައިފިއެވެ.

ފޮތް ޗާޕުކުރާ "އޯޝަން ޕަބްލިޝަރޒް" އިން ނަޝީދާ ހަވާލާދީ ބުނީ، ތަކެތީގެ އަގު މައްޗަށް ދިއުމާއި ކުރީގެ ރައީސުންނަށް ލިބޭ އެލަވަންސްގެ ގިނަ ބައެއް ކަނޑާލުމުން އަތްމަތި ދަތިވެފައިވާތީ، އިތުރު އާމްދަނީއެއް ހޯދުމުގެ ގޮތުން ފޮތް ނެރެނީ ކަމަށެވެ. ފޮތް އިއުލާންކުރި ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، ނަޝީދު ފުރުއްވާ ޗެއާޕަރސަންގެ މަގާމަށް މުސާރައެއް ނުލިބޭއިރު، ރައްކާކޮށްފައި ހުރި ފައިސާވެސް ލ. އަތޮޅުގައި ހުރި ބިމުގައި ގެ ބިނާކުރުމަށް ހޭދަވެއްޖެއެވެ.

"ކުރުވާހަކަ – 80ގެ ފަހުކޮޅު" ގެ ނަމުގައި ނެރޭ ފޮތުގެ އަގަކީ 250 ރުފިޔާއެވެ. އަންނަ މަހުގެ ފަހުކޮޅު ފޮތް ނެރުމަށް މަސައްކަތް ކުރަމުން އަންނައިރު، މިހާރުވެސް 100 އަށްވުރެ ގިނަ މީހުން ޕްރީއޯޑަރު ކޮށްފައިވާ ކަމަށް ޕަބްލިޝަރު ބުނެއެވެ.

ފޮތުގެ ބަތަލަކީ ހަސަން ކުރުސީ ކަމަށް ވިޔަސް، އެއީ އެކްސް، ފޭސްބުކް އަދި އިންސްޓަގްރާމްގައި ހަރަކާތްތެރިވާ ހަސަން ކުރުސީއާ ގުޅުމެއް ނެތް، މިޒާޖާއި ތަބީއަތުން ތަފާތު ކެރެކްޓަރެއް ކަމަށް ޕޯސްޓަރުގައި ބުނެފައިވެއެވެ. އެ ބަތަލަކީ ހިކި، ދިގު ނޫން، ބަނޑެއް ބުޑެއް ނެތް، އިސްތަށި ގިނަ، ތިރީސް އަހަރުގެ އުމުރަށް ވަދެފައިވާ މީހެއް ކަމަށްވެސް ސިފަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.