ހުޅުމާލެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ ޒުވާނަކު ހައްޔަރުކޮށްފި

ހުޅުމާލެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ ޒުވާނަކު ހައްޔަރުކޮށްފި

Author
ޙަސަން މުޙައްމަދު
19 މާރޗް 2026 09:55
0

ހުޅުމާލޭގައި ފުލުހުން ހިންގި ޕެޓްރޯލް އޮޕަރޭޝަނެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 87 ޕެކެޓާއެކު ރޭ ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ލ. ގަން، ލިންކް، އުމުރުން 25 އަހަރުގެ އަހްމަދު ޒަޔާން އާއި ރ. މަޑުއްވަރި، ޑްރީމް، އުމުރުން 23 އަހަރުގެ ހުސައިން އިޔާދެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމުން މިދިލިމަގުގައި ޕެޓްރޯލް ކުރަމުން ދަނިކޮށް، ސައިކަލެއްގައި ދިޔަ މި ދެމީހުންގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމަށްފަހުގައެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި، އެ ދެމީހުންގެ އަތުން ފެނުނު 87 ރަބަރު ޕެކެޓުގައި ހުރި މަސްތުވާތަކެތީގެ ބަރުދަނުގައި 143.4 ގްރާމް ހުއްޓެވެ. ފަހަކަށް އައިސް މާލެއާއި ހުޅުމާލޭގައި މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ދަނީ ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން މަގުމަތިން ޝައްކުކުރެވޭ މީހުން ހުއްޓުވައި ބަލައިފާސްކުރުމުގެ މަސައްކަތްވެސް ފުލުހުން އަންނަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.