ވޯޓަރސް ލިސްޓުގައި ސޮއިކުރުން ސޯޝަލް ސެންޓަރަށް ބަދަލުކޮށް، މުއްދަތު އިތުރުކޮށްފި

ވޯޓަރސް ލިސްޓުގައި ސޮއިކުރުން ސޯޝަލް ސެންޓަރަށް ބަދަލުކޮށް، މުއްދަތު އިތުރުކޮށްފި

Author
ޙަސަން މުޙައްމަދު
19 މާރޗް 2026 09:57
0

އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، އެ މަރުކަޒުގެ މަސައްކަތްތައް ވަގުތީގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކުރި ގޮތުގައި، މި ބަދަލާއެކު ވޯޓުލާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސޮއިކުރުމުގެ ފުރުސަތު ސިޔާސީ ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް ވަނީ އިތުރުކޮށްދީފައެވެ. އެގޮތުން، ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް މިއަދު ހެނދުނު 10:00 ގައި ސޯޝަލް ސެންޓަރުގައި އަލުން ފަށާފައިވާއިރު، މިއަދު ހަވީރު 3:00 އަށް އަދި ރޭގަނޑު 9:30 އިން 12:00 އަށް މި މަސައްކަތް އެތަނުގައި ކުރިއަށް ދާނެއެވެ.

މީގެ އިތުރުން، ރޭގެ ހާދިސާއާ ގުޅިގެން ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް ލުޔެއް ދިނުމުގެ ގޮތުން، އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 1:00 ގެ ނިޔަލަށް ވެސް ސޯޝަލް ސެންޓަރުގައި ލިސްޓުގައި ސޮއިކުރުން ކުރިއަށް ގެންދާގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.

އިންތިހާބާ ބެހޭ މަރުކަޒު ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް، އިންތިހާބުގެ ތާވަލާ އެއްގޮތަށް ހުރިހާ މަސައްކަތެއްވެސް އެއްވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެކަމުގެ ފުރިހަމަ ޔަގީންކަން އީސީން ވަނީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.