ކުށުގެ ރެކޯޑު ގިނަ ޒުވާނަކު ދުއްވި ސައިކަލުން ޖެހި ދެ މީހަކު ކްރިޓިކަލް ހާލަތުގައި

ކުށުގެ ރެކޯޑު ގިނަ ޒުވާނަކު ދުއްވި ސައިކަލުން ޖެހި ދެ މީހަކު ކްރިޓިކަލް ހާލަތުގައި

Author
އަހުމަދު
11 އޮކްޓޯބަރ 2026 10:31
0

ތިން މީހުން އަރުވައިގެން ވަންވޭގެ އިދިކޮޅަށް ބާރު ސްޕީޑުގައި ދުއްވައިގެން ގޮސް ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް ސީރިއަސް އަނިޔާ ލިބިއްޖެ އެވެ. އެ ސައިކަލު ދުއްވަމުން ދިޔައީ ހ. ލާމިޔާ، އަހުމަދު އުވެއިސް ކަމަށް ހާމަވެއްޖެ އެވެ.

އުވެއިސްގެ މައްސަލައިގެ ތަހުގީގު ނިމުމުން، މިދިޔަ އަންގާރަ ދުވަހު އޭނާ ބަންދުން ދޫކޮށްލި އެވެ. އެކްސިޑެންޓް ހިނގީ ހަމަ އެދުވަހުގެ ރޭގަނޑު އެވެ. ގެސްޓް ހައުސްއަކަށް ފޭކް ޕޭމަންޓް ސްލިޕެއް ފޮނުވި ތުހުމަތުގައި ހައްޔަރުކުރި އޭނާ، ކްރިމިނަލް ކޯޓުން 15 ދުވަހަށް ބަންދުކުރަން ނިންމީ، ގިނަ ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެ އެވެ. މީގެ ކުރިން ހިޔާ ފްލެޓެއްގައި އަންހެނަކަށް އަނިޔާކުރި މައްސަލައާއި، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިލުވުމަށް އެހީތެރިވި މައްސަލަތަކުގައި ވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ.

އުވެއިސްގެ ސައިކަލު ޖެހުނީ ގަވާއިދާ އެއްގޮތަށް ދުއްވަމުން ދިޔަ ސައިކަލަކާ އެވެ. އެ ސައިކަލުގައި ތިބި އެއް އާއިލާއެއްގެ ދެ މީހުންގެ ތެރެއިން އެކަކުގެ ސިކުނޑިއަށް ލޭއަޅައި، އަނެކަކުގެ މޫނަށް ބޮޑެތި އަނިޔާތައް ލިބިފައިވާއިރު، ދެ މީހުންނަށް ވެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދާ އެވެ. ފުލުހުން ބުނީ އަނިޔާވި މީހުންގެ ތެރެއިން ދެ މީހެއްގެ ހާލަތު އަދިވެސް ކްރިޓިކަލް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.