ވަގަށް ގެންދިޔަ އެމްއޭސީއެލްގެ އުޅަނދު ހޯދައިފި

ވަގަށް ގެންދިޔަ އެމްއޭސީއެލްގެ އުޅަނދު ހޯދައިފި

Author
މުޙައްމަދު ޖިމީ
18 ސެޕްޓެމްބަރ 2022 01:34
0

ވަގަށްނަގާފައިވާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)ގެ އުޅަނދެއް ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ އެމްްއޭސީއެލްގެ ވެހިކަލެއް ބާއްވާފައި އޮއްވާ ކާކުކަން ނޭނގޭ ބަޔަކު ވެހިކަލަށް އަރައިގެން ގޮސްފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓް އިއްޔެ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިހާތަނަށް ބެލި ބެލުމުން އެ ވެލިކަލަށް އަރައިގެން ގޮސްފައި ވަނީ އެއާޕޯޓުގެ ޕާކިން އޭރިއާގައި އެ ވެހިކަލް ތަޅުދަނޑި ޖަހާފައި އޮއްވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ އުޅަނދު އިއްޔެ ހުޅުމާލޭގައި ޕާކް ކޮށްފައި އޮއްވާ ފެނިފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.