ކަޒަކިސްތާނަށް ދަތުރުކުރަން ބޭނުންވަ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޫކުރަން ފަށައިފިއެވެ.
ދިވެހިންނަށް ކަޒަކިސްތާނަށް ދަތުރުކުރާއިރު 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދޫކުރަން މި ފެށީ މިދިޔަ މަހު ރާއްޖެއާއި އެޤައުމާއި ދެމެދު މެއިމަހު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުންނެވެ. 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދޫކުރިނަމަވެސް، އެއަށްވުރެ ގިނަ ދުވަހު އެޤައުމުގައި ހުރުމަށް ދަތުރުކުރާނަމަ ވިސާ ނެގުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެއެވެ.
ރާއްޖޭގެ ޕާސްޕޯޓްގެ ސެކިއުރިޓީ ވަރުގަދަ ކަމުން ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން އެކަން ބަލައިގަނެ އޮން އެެރައިވަލް ވިސާ ރާއްޖެއަށް ދަނީ ދެމުންނެވެ.