14 އަހަރުގެ ކުއްޖަކާއި ޖިންސީގުޅުން ހިންގަން އުޅުނު 35 އަހަރުގެ މީހަކު ހައްޔަރުކޮށްފި

14 އަހަރުގެ ކުއްޖަކާއި ޖިންސީގުޅުން ހިންގަން އުޅުނު 35 އަހަރުގެ މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
06 އޮކްޓޯބަރ 2020 02:35
0

14 އަހަރުގެ ކުއްޖަކާއި ޖިންސީ ގުޅުން ހިންގަން އުޅުނު މައްސަލައެއްގައި 35 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަން (ތ،ލ) ހިމެނޭ އަތޮޅުގެ ރަށެއްގައި އެކި ދުވަސް މަތިން 14 އަހަރުގެ އަންހެން ކުއްޖަކު ގްރޫމްކޮށް ޖިންސީ އަމަލު ހިންގުމަށް ހިއްވަރުދީ ޖިންސީ ގުޅުން ހިންގަން އުޅުނު ކަމުގެ މައްސަލައެއް މިދިޔަ މަހުގެ 30 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.

މިމައްސަލައާއި ގުޅިގެން މިމަހުގެ 5 ވަނަ ދުވަހު ކޯޓް އަމުރެއްގެ ދަށުން 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެ އެވެ. މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނާއި ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަށްވާތީއާއި ކުއްޖާގެ ރައްކާތެރިކަމަށްޓަކައި އެ ކުއްޖާގެ ޒާތީ އެއްވެސް މަޢުލޫމާތެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.