އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނައިރު އެންމެ ބޮޑަށް ރައްޔިތުން ވިސްނަންވީ ރާއްޖޭގެ ހަލާކުވަމުންދާ އިޖްތިމާޢީ ފޭރާން އިއާދަކުރުމަށްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ރައީސް ޔާމީންގެ ރަނިންމޭޓަކަށް ކުރިން ނިކުންނެވި ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް މިހެން ވިދާޅުވީ އެއްޖިންސުން ގުޅުންހިންގުމާއި ތޫނު އެއްޗެހިން ހަމަލާދީ މީހުންނަށް މެރުންފަދަ ކުށްތައް ރާއްޖޭގައި ގިނަވަމުން އަންނަ އައުމަށް އިޝާރާތްކުރައްވައެވެ. ޑރ.ޝަހީމް ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިޚާބުގެ އިރު އަރަން ކައިރިވަމުންދާއިރު ރައްޔިތުން ވިސްނަންވީ އެއް ކަމަކީ ރާއްޖޭގެ އިޖުތިމާޢީ ގޮތުން ހަލާކުވަމުންދާ މުޖުތަމަޢުގެ ފޭރާން އިޢާދަ ކުރެވޭނޭ ގޮތެއްގެ މައްޗަށްކަމަށެވެ. ހަމަ އެކަނި މާއްދިއްޔަތުގެ މައްޗަށް ޤައުމުގެ މިޞްރާބު ހުރެއްޖެނަމަ ޤައުމު ފަނާވެދާނެކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
2023 ގެ ރިޔާސީ އިންތިޚާބުގެ އިރު އަރަން ކައިރިވަމުންދާއިރު ރައްޔިތުން ވިސްނަންވީ އެއް ކަމަކީ ރާއްޖޭގެ އިޖުތިމާޢީ ގޮތުން ހަލާކުވަމުންދާ މުޖުތަމަޢުގެ ފޭރާން އިޢާދަ ކުރެވޭނޭ ގޮތެއްގެ މައްޗަށެވެ. ހަމަ އެކަނި މާއްދިއްޔަތުގެ މައްޗަށް ޤައުމުގެ މިޞްރާބު ހުރެއްޖެ ނަމަ ޤައުމު ފަނާވެދާނެ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) August 30, 2022
ޑރ.ޝަހީމް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި އެއްޖިންސުން ގުޅުންހިންގާ މީހުން އިތުރުވެ، އޭގެ ވީޑިއޯ ބޭނުންކޮށް ބްލެކްމެއިން ކުރުމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. މި މައްސަލާގައި ތުހުމަތުކުރެވޭ މަދު ބަޔަކަށް ދައުވާކުރިނަމަވެސް ގިނަ ބަޔަކު މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބުމުން ގިނަ ދީނީ ޢިލްމުވެރިންނާއި އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ތޫނު އެއްޗަކުން ހަމަލާދީގެން ދާދިފަހުން ވަނީ ޒުވާން އަންހެނަކުވެސް ނިޔާވެފައެވެ. އޭނާގެ ހަށިގަނޑުގެ ގުނަވަންތައް ބުރިކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ސަރުކާރުން މިފަދަ ކަންކަމަށް ޤާނޫނީ ފިޔަވަޅު ނޭޅުމުން ކުށުގެ ވެށި އިތުރުވެފައިވާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި ރިޔާސީ އިންތިޚާބު ކައިރިެފައިވާއިރު، އެފަދަ އިޖްތިމާއީ ހާލަތު ރަނގަޅު ކުރާނެ ކެނޑިޑޭޓަކަށް ވޯޓު ދިނުމަށް އިދިކޮޅުން ގޮވާލާފައިވެއެވެ.
2 Responses
ވާހަކަޔަކީ އިޔާދަ ކުރެވޭނީ މައުމޫނު ގެނައީމަ އޮތަ ؟
އެއުޅޭ ބޮޑުވަގު ޔާމީނު އަވަހަށް ޖަލަށް ލާންވީ އެއިރުން ތިއަކަން ހަމަޖެހުނީ