ރަނގަޅީ ތަރާވީހު ނަމާދާއި ދަމު ނަމާދުގެ އަޑު މިސްކިތްތެރެއަށް އެކަނި އިވޭގޮތަށް ކުރުން: ޝަހީމް

ރަނގަޅީ ތަރާވީހު ނަމާދާއި ދަމު ނަމާދުގެ އަޑު މިސްކިތްތެރެއަށް އެކަނި އިވޭގޮތަށް ކުރުން: ޝަހީމް

Author
ހުސެއިން
12 މާރޗް 2024 11:40
0

ތަރާވީހު ނަމާދާއި ދަމު ނަމާދު ކުުރުން ރަގަޅީ އަވައްޓެރިންނަށް އަޑު ނީވޭގޮތަށް ނުވަތަ، ނަމާދުގެ އަޑު ގަދަވުމުން ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް އުނދަގޫ ނުވާގޮތަށް ކުރުން ކަަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިހެން ވިދާޅުވީ، ކައިރި މިސްކިތެއްގައި އަޑުހަރުކޮށް ތަރާވީސް ކުރާތީ އުނދަގޫވާކަމަށް ވިދާޅުވެ އިބްރާހީމް އިސްމާއީލް (އިބުރާ)، ކުރެއްވި އެކްސް ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.

މިގޭދޮށު ގޭގޭގެ މީހުނަށް އިޝާނަމާދު ކޮށްލެވޭނީ މިސްކިތުން ތަރާވީހް ނަމާދުކޮށް ނިމުނީމައެވެ. މިއީ ކޮންމެ ރޯދަމަހެއްގެވެސް ހާލެވެ. ރީތިކޮށް ކިޔަވާނަމަވެސް ރަނގަޅެވެ.

އިބުރާ ކުރި އެކްސް ޕޯސްޓުގައި ބުނެފައި ވެއެވެ.

އުބުރާގެ އެކްސް ޕޯސްޓަށް ރައްދު ދެމުން ޝަހީމް ވިދާޅުވީ ޝަހީމް ވިދާޅުވީ، ގޭބިސީތަކާއި ކައިރީގައި ހުންނަ މިސްކިތްތަކުގައި އަޑު ހަރުކޮށް ކިޔަވާ ނަމާދުތައް ކުރާއިރު، މިސްކިތުގެ އެތެރެއަށް އަޑު ހުންނަ ގޮތަށް ކުރުމަކީ ރަނގަޅު ގޮތް ކަމަށެވެ.

ކުޑަކުދިން ނިދާ ގަޑިތަކުގައްޔާއި އުޒުރުވެރިން ގޭގައި ކުރާ ނަމާދުތަކަށް ދަތިނުވާނެހެން ގެންދިއުން ރަނގަޅީ.

މިނިސްޓަރު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

ރޭގަޑު ދިގުކޮށް ތަރާވީހު ނަމާދު ކުރާއިރު އަޑު ގަދަވުމުން އުދަގޫވާކަމުގެ ޝަކުވާއަކީ ކޮންމެ ރޯދަމަހަކުވެސް ބައެއް އާންމު ފަރާތްތަކުން ކުރާ ޝަކުވާއެކެވެ. އެހެންނަމަވެސް އެއްވެސް ރޯދަމަހަކު އެމައްސަލައަށް ހައްލު ހޯދާ ދެވިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.