ރާބިތަތުލްއާލަމީލް އިސްލާމީގެ އެންމެ މަތީ މަޖިލީހުގެ މެންބަރަކަށް ޑރ. ޝަހީމް އައްޔަން ކުރައްވައިފި

ރާބިތަތުލްއާލަމީލް އިސްލާމީގެ އެންމެ މަތީ މަޖިލީހުގެ މެންބަރަކަށް ޑރ. ޝަހީމް އައްޔަން ކުރައްވައިފި

Author
ޙަސަން މުޙައްމަދު
09 އޭޕްރިލް 2024 10:06
0

މުސްލިމު ވޯލްޑްލީގްގެ ނުވަތަ ރާބިތަތުލްއާލަމީލް އިސްލާމީގެ އެންމެ މަތީ މަޖިލީހުގެ މެންބަރަކަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަންކުރައްވައިފި އެވެ.

އެ މަޖިލީހަށް ޑރ. ޝަހީމް އައްޔަންކުރެއްވީ ރާބިތާގެ ސެކްރެޓަރީ ޖެނެރަލް ޑރ މުހައްމަދު ބިން އަބްދުލްކަރީމުލްއީސާ އެވެ.

ރާބިތާގެ އެންމެ މަތީ މަޖިލީހަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ޝަޚްސިއްޔަތުތައް ހިމެނޭހެން އެކުލެވިގެންވާ ރާބިތަތުލްއާލަމިލްއިސްލާމީގެ އެންމެ މަތީ މަޖިލީހެވެ.

ރާބިތާއަކީ އިސްލާމީ ދުނިޔޭގައި އެންމެ ބޮޑު އިސްލާމީ ބައިނަލްއަގްވާމީ ޖަމިއްޔާ އެވެ. އެތަނުގެ ހެޑް އޮފީސް ހުންނަނީ މައްކާ ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.