އަރުމޭނިޔާގައި ތުރުކީވިލާތުން ހިންގިކަމަށް ބުނާ ގަތުލްއާއްމުގައި މަރުވި މީހުންގެ ހަނދާނުގައި ހަދާފައިވާ މަގުބަރާއަށް ޒިޔާރާތް ކުރުމަށްފަހު އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓަށް ތުރުކީވިލާތުން ނުރުހުން ފާޅުކޮށްފިއެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ތުރުކީވިލާތުން އަރުމޭނިއާއާއި ދެކޮޅަށް ހިންގިކަމަށް ބުނާ ގަތުލްއާންމުގައި މަރުވި މީހުނެގ މަޤްބަރާއަށް ޒިޔާރަތްކުރައްވާ މާބޮނޑިއެއް ބާއްވާ ޝާހިދު ވަނީ ޓްވީޓެއް ކުރައްވާފައެވެ. ފޮޓޯއާއެލު ކުރެއްވި އެ ޓްވީޓްގައި އެ މިއުޒިއަމްގެ އިސް ފަރާްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
#armenianbreakingnew
The @UN_PGA Abdulla Shahid deleted a tweet about the #Armenian Genocide. Earlier, he wrote that he laid a wreath at the #ArmenianGenocide Memorial. It's not clear why he deleted the tweet, hoping that @UNArmenia and @OmbudsArmenia will clarify pic.twitter.com/V8Ia96pEru— ArmenianBreakingNews (@Armbreakingnews) July 27, 2022
ޝާހިދުގެ އެ ޓްވީޓާއި ގުޅިގެން ތުރުކީވިލާތުން ވަނީ ނުރުހުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ތުރުކީން ވަނީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނަވައި އެ ހާދިސާގެ ހަގީގަތް އޮޅުވާލައްވައި، އެކަމުގެ ތާރީހު އޮޅުވާލުމަށް މަސައްކަތްކުރައްވާކަަމށް ތުހުމަތުކޮށްފައެވެ.
ތުރުކީން އެ ބަޔާން ނެރުމުން ޝާހިދު ވަނީ އޭނާގެ ޓްވީޓް ޑިލީޓްކޮށްލާފައެވެ. ނަމަވެސް އެ ޓްވީޓް ޑިލީޓްކޮށްލުމުންވެސް ޝާހިދަށް ވަނީ އަރުމޭނިއާގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.
Press Release Regarding the Visit of Abdulla Shahid, President of the 76th Session of the UN General Assembly and Minister of Foreign Affairs of Maldives, to Armenia https://t.co/SyUfwQwQMq pic.twitter.com/g0HQXtv9Rg
— Turkish MFA (@MFATurkiye) July 27, 2022
1920 ގެ އަހަރުތަކުގެ ކުރީކޮޅު ތުރިކީއާއި އަރުމޭނިޔާއާއި ދެމެދު ހިނގި ކުރިމަތިލުންތަކަކީ ނަސްލު ނައްތާލުމަށް ހިންގި ގަތުލް އާންމެއް ކަމަށް އަރުމޭނިޔާއާއި އެހެން ބައެއް ޤައުމުތަކުންވެސް ޤަބޫލުކުރެއެވެ. އެ ކުރިމަތިލުންތަކުގައި އަރުމޭނިޔާގެ 1.5 މިލިއަނާއި ގާތްކުރާ ޢަދަދަށް މީހުން މަރުވެފައިވެއެވެ. ނަމަވެސް ތުރުކީން އެވާހަކަތައް ދޮގުކުރެއެވެ.