ސަރުކާރުގެ ދަތުރުތަކަށް މިއަހަރުގެ މިހާތަނަށް 82 މިލިޔަން ރުފިޔާ

ސަރުކާރުގެ ދަތުރުތަކަށް މިއަހަރުގެ މިހާތަނަށް 82 މިލިޔަން ރުފިޔާ

Author
މުޙައްމަދު ޝަޒައިމް
17 ޖޫން 2022 01:56
0

ސަރުކާރުން މިއަހަރުގެ މިހާތަނަށް ކުރި ދަތުރުތަކަށް 80 މިލިޔަން ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ފަތާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުން މިއަހަރުގެ މިހާތަނަށް ކުރި ދަތުރުތަކަށް ހިނގި ޚަރަދުތަކުގެ ތަފްސީލް އާންމުކޮށްފައެވެ. އެމިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖޫން މަހުގެ 9 ވަނަ ދުވަހާއި ހަމައަށް ސަރުކާރުން ވަނީ ދަތުރުތަކަށް 82 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދަތުރުތަކަށް ހަރަދުކޮށްފައިވަނީ 47.9 މިލިއަން ރުފިޔާއެވެ.

މިޚަރަދުތަކަށް ބަލާއިރު، މިދިޔަ އަހަރާއި، މި އަހަރު ދަތުރުތަކަށް 34.1 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވެއެވެ. މިއަހަރު ދަތުރުތަކަށް ހަރަދު ކުރުމަށް ޖުމްލަ 203 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ.

ދައުލަތުގެ ދަރަނި މިހާރު 100 ބިލިޔަނަށް އަރާފައިވާއިރު، ޚަރަދު ކުޑަކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ދަނީ ހާމަކުރަމުންނެވެ. މިއަދު މި ނެގި ލޯނާއި އެކު ދައުލަތުގެ ޖުމްލަ ދަރަނި 100.9 ބިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ. މިއީ ދިވެހި ތާރީހުގައިވެސް ދަރަނި މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކުރެވި ހިސާބުތަކަށް ބަލާއިރު، އޭޕްރިލް މަހުގެ ނިޔަލަށް ދިވެހި ދައުލަތުގެ ޖުމްލަ ދަރަންޏަކީ 99.7 ބިލިއަން ރުފިޔާއެވެ. އެއީ ބޭރުގެ ފަރާތްތަކަށް 32 ބިލިއަން ރުފިޔާގެ ސީދާ ދަރަންޏާއި ދައުލަތުން ގެރެންޓީދީފައިވާ 14 ބިލިއަން ރުފިޔާގެ ދަރަންޏެވެ. އަދި އެތެރޭގެ ފަރާތްތަަކަށް 53 ބިލިއަން ރުފިޔާގެ ދަރަންޏާއި ސޮވެރިން ގެރެންޓީ ދީފައިވާ 562 މިލިއަން ރުފިޔާގެ އެތެރޭގެ ދަރަންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.