ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އަބްދުއްނާފިއު އީސާ ކިޔާ މީހަކަށް 15 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކޮށްފިއެވެ.
ދައުލަތުން އޭނާގެ މައްޗަށް ދައުވާ ކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ. މައްސަލަ ބެލި ކޯޓުން ކަނޑައެޅީ، އެ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން އަބްދުއްނާފިއު ކުށްވެރިވާ ކަމަށެވެ.
އެ ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި ފަރާތަކުން އެ ކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށެވެ.
ކޮމެންޓު ފޮނުވާ