ޗައިނާ ސަރުކާރުގެ އެހީގައި ކުރުމަށް ހަމަޖެހިފައިވާ ވިލިމާލޭ ހޮސްޕިޓަލާއި މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަސައްކަތް، މިއަހަރުގެ ނިޔަލަށް ނުވަތަ އަންނަ އަހަރުގެ ފެށުމުގައި ފަށާނެ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ.
ސަފީރު މި މަޢުލޫމާތު ހިއްސާކުރެއްވީ، ޗައިނާގެ 77 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. ސަފީރު ވިދާޅުވި ގޮތުގައި، ވިލިމާލޭގައި ބިނާކުރާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލުގެ މަޝްރޫއު މިވަގުތު އޮތީ ބީލަމުގެ މަރުހަލާގައެވެ. މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ޑިޒައިން ކުރުމުގެ މަސައްކަތް ކުރިއަށްދަނީއެވެ.
މި ދެ މަޝްރޫއުގެ އިތުރުން، ރަށްރަށުގައި ކައުންސިލް ޢިމާރާތްތައް ބިނާކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ސަފީރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ