ޓެކުހުގެ ފައިސާ ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

ޓެކުހުގެ ފައިސާ ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

Author
އަހުމަދު
11 ނޮވެމްބަރ 2026 01:23
0

ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއިން އެއް މިލިއަން ރުފިޔާއަށްވުރެ ގިނަ ޢަދަދެއް ދައްކާފައި ނުވާ 25 ފަރާތެއްގެ ނަން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މި ނަންތައް ހާމަކޮށްފައިވަނީ، ޓެކުހުގެ ފައިސާ ނުދައްކާ އަދި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގެ އުޞޫލުގެ ދަށުންނެވެ. ލިސްޓުގައި ހިމެނެނީ 2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާއި، 2024 ޑިސެމްބަރުން ފެށިގެން 2026 ޖޫން މަހާ ހަމައަށް، އާންމު ދާއިރާގެ ޖީއެސްޓީގެ ގޮތުގައި އެއް މިލިއަން ރުފިޔާއަށްވުރެ ގިނައިން ދައްކަންޖެހި، އަދިވެސް އެ ފައިސާ ނުދައްކާ ހުރި ފަރާތްތަކެވެ. މި ފަރާތްތަކުގެ ތަފްޞީލު މީރާގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކޮށްފައިވެއެވެ.

މީރާއިން ބުނީ، ނަންތައް ހާމަކުރުމުގެ ކުރިން، ޤާނޫނުގައިވާ ގޮތުގެ މަތިން އެ ފަރާތްތަކަށް ފޯނުން ގުޅައި، އެޅޭނެ ޤާނޫނީ ފިޔަވަޅުތަކާއި ދެވޭނެ އަދަބުތަކާ ބެހޭ މަޢުލޫމާތާއި އިންޒާރު ދީފައިވާ ކަމަށެވެ. އޭގެ އިތުރުން، އެސްއެމްއެސް މެދުވެރިކޮށްވެސް އެކަން ރަސްމީކޮށް އަންގާފައިވާ ކަމަށް މީރާއިން ބުންޏެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި ހަދާފައިވާ އެންފޯސްމަންޓް ޕޮލިސީގެ ދަށުން، މިފަދަ ފަރާތްތަކާ މެދު އެއްވެސް ފަރަގުކުރުމެއް ނެތި ޤާނޫނީ ފިޔަވަޅުތައް ކުރިއަށް ގެންދާނެ ކަމަށްވެސް މީރާއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.