ރިޓަޔަމަންޓް ފައިސާއިން ހައްޖަށް ދިއުމުގެ ޝަރުތު 24،000 މީހުންނަށް ހަމަވޭ

ރިޓަޔަމަންޓް ފައިސާއިން ހައްޖަށް ދިއުމުގެ ޝަރުތު 24،000 މީހުންނަށް ހަމަވޭ

Author
އަހުމަދު
11 ނޮވެމްބަރ 2026 01:27
0

ޕެންޝަން ސްކީމުގެ ފައިސާ ބޭނުންކޮށްގެން ފަރުޟު ހައްޖަށް ދިއުމުގެ ޝަރުތު ހަމަވާ 24،000 އެއްހާ މީހުން ތިބިކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.

ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ޕެންޝަން އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު ޝަމްއާން ޝާކިރު ވާހަކަފުޅު ދައްކަވައިފިއެވެ. އޭނާ ވިދާޅުވީ، 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރިޓަޔަމަންޓް ސޭވިންގްސް ބޭނުންކޮށްގެން 369 މީހުން ހައްޖަށް ގޮސްފައިވާ ކަމަށެވެ.

65 އަހަރު ފުރުމަށްފަހު ވެސް ރިޓަޔަމަންޓް ފައިސާ ހައްޖަށް ބޭނުންކުރެވޭނެ ގޮތް ހަދައި، ޕެންޝަނާބެހޭ ގާނޫނަށް އިސްލާހެއް ގެނެސްފައިވެއެވެ. އެ އިސްލާހަށް އަމަލުކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ހައްޖު ކޯޕަރޭޝަނުގެ މާކެޓިން އެންޑް ޕީއާރް ހެޑް އަބްދުﷲ މުއާޒު ވިދާޅުވި ގޮތުގައި، ޕެންޝަން ފައިސާއިން ހައްޖަށް ދެވޭނީ 336،000 ރުފިޔާ ހަމަވާނަމައެވެ. އެ އަދަދު ހަމަނުވިޔަސް، ހައްޖުގެ ޖުމުލަ އަގު ކަމުގައިވާ 69،965 ރުފިޔާގެ 75 ޕަސެންޓު އަމިއްލައަށް ދައްކައިގެން ކިއުއަށް އެރޭނެއެވެ. ހައްޖަށްދާ އަހަރަށް ވާއިރު ފަންޑުގައި ބޭނުންވާ އަދަދު ހަމަވެއްޖެނަމަ، އަމިއްލައަށް ދެއްކި ފައިސާގެ 20 ޕަސެންޓު ފަންޑުގައި ބަހައްޓައި ބާކީ ފައިސާ އެ މީހަކަށް ލިބޭނެއެވެ.

ރާއްޖެއަށް ކޮންމެ އަހަރަކު ލިބެނީ 1،000 މީހުންގެ ހައްޖު ކޯޓާއެވެ. މި ސަބަބުން، މިހާރު ނަން ނޯޓުކުރާ މީހަކަށް ހައްޖަށް ދެވޭނީ 2043 ވަނަ އަހަރު ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.