ރާއްޖެ-ޗައިނާ ގުޅުމުގެ ބިންގަލަކީ އިޙްތިރާމް: ރައީސް

ރާއްޖެ-ޗައިނާ ގުޅުމުގެ ބިންގަލަކީ އިޙްތިރާމް: ރައީސް

Author
އަހުމަދު
24 ސެޕްޓެމްބަރ 2026 07:58
0

 

ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން ރާއްޖެއަށް ވަރަށް ގިނަ ފައިދާތަކެއް ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޗައިނާގެ 77 ވަނަ ޤައުމީ ދުވަހުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ އެކަކު އަނެކަކަށް ދޭ އިޙްތިރާމުގެ މައްޗަށް ކަމަށާއި، މި ގުޅުމުގެ ފައިދާ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ދެ ޤައުމުގެ މެދުގައި ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) ސަބަބުން އިތުރު ފުރުސަތުތައް ހުޅުވިގެންދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދެ ޤައުމު ހުރީ ކަނޑުން ދުރުގައި ނަމަވެސް ގުޅުން ވަނީ ވަރަށް ގާތްކޮށް ކަމަށާއި، އެ ގުޅުން އިތުރަށް ވަރުގަދަވެގެންދިއުމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ ޗައިނާ ދަތުރުފުޅާއެކު ދެ ޤައުމުގެ ރަޙްމަތްތެރިކަމުގައި އާ ބާބެއް ފެށުނު ކަމަށް ވިދާޅުވި ރައީސް، ރާއްޖޭގެ ތަރައްޤީއަށް ޗައިނާއިން ދެއްވަމުންދާ ބޮޑު އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.