މޮރީނިޔޯ އެއް މެޗަށް ސަސްޕެންޑް ކޮށްފި

މޮރީނިޔޯ އެއް މެޗަށް ސަސްޕެންޑް ކޮށްފި

Author
އިބްރާހީމް ސާޢިދު
15 ނޮވެމްބަރ 2020 12:49
0

ޔުއެފާ ޔޫރޮޕާ ލީގުގައި ބެލްޖިއަމުގެ ރޯޔަލް އެންޓްވާޕާ ދެކޮޅަށް އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާ ކުޅުނު މެޗު ފެށުން ލަސްވީތީ، ޔުއެފާއިން ޓޮޓެންހަމުގެ ކޯޗު ހޯސޭ މޮރީނިއޯ އެއް މެޗަށް ސަސްޕެންޑް ކޮށްފިއެވެ.

އެ މެޗު ފަށަން ކަނޑައަޅާފައި އޮތް ގަޑިއަށްވުރެ ލަހުން މެޗު ފެށިއިރު، މެޗު ފެށުން ލަސްވީ މޮރީނިއޯގެ ސަބަބުން ކަމަށް ޔުއެފާގެ ތަހުގީގަށް ވަނީ ސާބިތުވެފައެވެ. އެހެންކަމުން ޔުއެފާއިން ވަނީ މޮރީނިއޯ އެއް މެޗަށް ސަސްޕެންޑް ކޮށްފައެވެ. ޔުއެފާއިން ވަނީ މި މައްސަލައިގައި 25،000 ޔޫރޯއިން ޓޮޓެންހަމް ޖޫރިމަނާ ކޮށްފައެވެ. އަދި ޔުއެފާގެ "އެކިއުޕްމެންޓް ރެގިއުލޭޝަން" އާ ޚިލާފުވުމުން އިތުރު 3،000 ޔޫރޯއިން ޓޮޓެންހަމް ވަނީ ޖޫރިމަނާ ކޮށްފައެވެ.

މިދިޔަ މަހު ބެލްޖިއަމުގައި ކުޅުނު މެޗުން އެންޓްވާޕް އަތުން 1-0 ލަނޑުން ޓޮޓެންހަމް ވަނީ ބަލިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.