އެމްޑީޕީ ކޮންގްރެސް އަށް 986 މަންދޫބުން ރަޖިސްޓަރީވެއްޖެ

އެމްޑީޕީ ކޮންގްރެސް އަށް 986 މަންދޫބުން ރަޖިސްޓަރީވެއްޖެ

Author
އަހުމަދު
22 ސެޕްޓެމްބަރ 2026 04:14
0

މި މަހުގެ 29 އަދި 30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވުމަށް 986 މަންދޫބުން މިހާތަނަށް ރަޖިސްޓަރީކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ޗެއާޕާސަންގެ ނައިބު މުހައްމަދު ޝިފާޒް ވިދާޅުވީ، މިދިޔަ އާދީއްތަ ދުވަހު ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލިތާ ފުރަތަމަ 24 ގަޑިއިރު ތެރޭގައި 500 އަށް ވުރެ ގިނަ މަންދޫބުން ރަޖިސްޓަރީކޮށްފައިވާ ކަމަށެވެ. ރަޖިސްޓަރީވުމުގެ ފުރުސަތު އަންނަ ހުކުރު ދުވަހާ ހަމައަށް ހުޅުވާލާފައި އޮންނާނެތީ، މި އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިފާޒް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ދެވަނަ އަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ކޮންގްރެސް ބާއްވަން ޖެހިފައި ވަނީ ދަތި ހާލަތެއްގައި ކަމުގައި ވިޔަސް، މާލޭ ސިޓީ ކައުންސިލްގެ ހޯލު ފަދަ ކުޑަ ތަނެއްގައި ބޭއްވި ކަމުގައި ވިޔަސް، މެންބަރުން ފަހުރުވެރިވާ ފަދަ ކޮންގްރެސް އަކަށް މިކަން ހަދާނެ އެވެ. އިދިކޮޅުގައި ތިބޭއިރު އެންމެ ބޮޑު ހިތްވަރެއް ލިބެނީ ޕާޓީގެ އާންމު މެންބަރުންނާއި ގުނަންތަކުގެ އިސް ފަރާތްތަކުން ދޭ ޝައުގުވެރިކަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.