ވެސްޓް ޕާކް ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

ވެސްޓް ޕާކް ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

Author
އަހުމަދު
22 ސެޕްޓެމްބަރ 2026 04:15
0

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން، ވެސްޓް ޕާކް ސަރަހައްދު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ރަސްމީކޮށް ފަށައިފިއެވެ.

މި މަސައްކަތާ ގުޅިގެން ވެސްޓް ޕާކް ސަރަހައްދުގެ މަގުގެ އެއްފަޅި މިހާރު ވަނީ ޓްރެފިކަށް ބަންދުކޮށްފައެވެ. ވިއްސާރައިގައި މާލޭގައި އެންމެ އަވަހަށް ފެންބޮޑުވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ މި ސަރަހައްދުގައި، ފެން ހިންދާ ނިޒާމެއް ޤާއިމުކޮށް، ޒަމާނީ ފެންވަރަށް ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮތް ބައި ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. ސަރުކާރުގެ އަމާޒަކީ މުޅި މަޝްރޫޢު ނިންމައި، އަންނަ ނޮވެންބަރު މަހުގެ ތެރޭގައި އާންމުންނަށް ހުޅުވާލުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.