އެޕަލް ސްޓޯރަށްވުރެ 70 ޕަސެންޓު ބޮޑުކޮށް، އައިފޯން 18ގެ ޕްރީއޯޑަރު ރާއްޖޭގައި ފަށައިފި

އެޕަލް ސްޓޯރަށްވުރެ 70 ޕަސެންޓު ބޮޑުކޮށް، އައިފޯން 18ގެ ޕްރީއޯޑަރު ރާއްޖޭގައި ފަށައިފި

Author
އަހުމަދު
22 ސެޕްޓެމްބަރ 2026 04:13
0

އެޕަލްގެ އެންމެ ފަހުގެ ފޯނު، އައިފޯން 18 ސީރީޒް ޕްރީއޯޑަރު ކުރުމުގެ ފުރުސަތު ރާއްޖޭގެ ގިނަ މޯބައިލް ފިހާރަތަކުން ހުޅުވާލައިފި އެވެ. ފިހާރަތަކުން އާންމުކޮށްފައިވާ އަގުތަކަށް ބަލާއިރު، މި ފަހަރުގެ އައިފޯނުތައް ރާއްޖޭގައި ވިއްކަނީ އެޕަލް ސްޓޯރުގެ އަގުތަކާ އަޅައި ބަލާއިރު 40-70 ޕަސެންޓު އިތުރުކޮށްފައި ކަމަށްވާއިރު، އެންމެ ދަށްކޮށްވެސް ފޯނެއް ލިބެން ހުރީ 32،000 ރުފިޔާއިން ފެށިގެންނެވެ.

އެގޮތުން އައިފޯން 18 ޕްރޯގެ 256 ޖީބީ ވާޝަން 32،000އާއި 39،000 ރުފިޔާއާ ދެމެދު، އަދި 512 ޖީބީ ވާޝަން 36،000އާއި 43،000 ރުފިޔާއާ ދެމެދު ލިބެން ހުރި އިރު، އައިފޯން 18 ޕްރޯ މެކްސްގެ 256 ޖީބީ 38،000އާއި 46،000 ރުފިޔާއާ ދެމެދު، 512 ޖީބީ 40،000އާއި 47،000 ރުފިޔާއާ ދެމެދު، އަދި 1 ޓީބީ ވާޝަން 45،000އާއި 51،000 ރުފިޔާއާ ދެމެދު ވިއްކަމުން ދެއެވެ. އެޕަލް ސްޓޯރުގައި މި ފޯނުތަކުގެ އަގުތައް ފެށެނީ އައިފޯން 18 ޕްރޯ 1،199 ޑޮލަރުން، އަދި ޕްރޯ މެކްސް 1،299 ޑޮލަރުންނެވެ. ސްޓޯރޭޖު ބޮޑުވަމުންދާ ވަރަކަށް އަގުވެސް ބޮޑުވަމުންދާއިރު، އެންމެ އަގުބޮޑު ޕްރޯ މެކްސް 2 ޓީބީ ވާޝަން ލިބެނީ 1،999 ޑޮލަރަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.