ޕެންޝަން ފަންޑުގެ އަދަދު 30.3 ބިލިއަން ރުފިޔާއަށް

ޕެންޝަން ފަންޑުގެ އަދަދު 30.3 ބިލިއަން ރުފިޔާއަށް

Author
އަހުމަދު
14 ނޮވެމްބަރ 2026 07:20
0

 

ޕެންޝަން ފަންޑުގައި ހުރި ފައިސާގެ އަދަދު 30 ބިލިއަން ރުފިޔާއިން މައްޗަށް އަރައިފި އެވެ. ޕެންޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުހައްމަދު ވިދާޅުވީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފަންޑުގައި 30.3 ބިލިއަން ރުފިޔާ ހުރި ކަމަށެވެ.

މިއަދު ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ވާހަކަ ދައްކަވަމުން ޔަޒްމީދު ވިދާޅުވީ، ރާއްޖޭގެ ރިޓަޔަމެންޓް ޕެންޝަން ސްކީމުގައި މިހާރު 204،549 މީހުން ބައިވެރިވެފައިވާ ކަމަށެވެ.

ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރިޓަޔަމެންޓް ޕެންޝަންގެ ގޮތުގައި ފަންޑުން 16.8 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ޔަޒްމީދު ވިދާޅުވި އެވެ. އަދި މިދިޔަ 12 މަސްދުވަހު ސަރުކާރުން ދޫކުރާ ޕެންޝަނަށް 158 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށްވެސް އެކަލޭގެފާނު ވިދާޅުވި އެވެ.

ޔަޒްމީދު ވިދާޅުވީ، ތިމާވެށި ދެމެހެއްޓުމަށް ބުރަވާ އަދި މާލީ ގޮތުން ފައިދާހުރި، ދިގު މުއްދަތެއްގައި ފަންޑަށް ނަފާ ލިބިދޭނެ ފުރުސަތުތައް ހޯދުމަށް ޕެންޝަން އޮފީހުން އެންމެ ބޮޑު އިސްކަމެއް ދެމުން ގެންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.