ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގައި އިންނަވައިގެން މިއަދު ކުރަންޖެހިފައިވާ މަސައްކަތަކީ "ގޮޑި ކޮއްކޮ" އެއްގެ މަސައްކަތް ކަމުގައި ރައްޔިތުންގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އިންޑިއާގެ ވެރިކަންކުރާ ޕާޓީ ކަމުގައިވާ ބީޖޭޕީގެ ތަރުޖަމާނު ދެއްކި ވާހަކަ، ދިވެހި ސަރުކާރުން ކުށްވެރިކޮށްފައިނުވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލި މައްސަލާގައި މެމްބަރުންގެ ފަރާތުން އަމާޒުވި ފާޑު ކިޔުންތަކާއި ގުޅިގެން ދެއްކެވި ވާހަކަތަކުގައެވެ.
މަޖިލީހުން މިމައްސަލަ ބޭރުކޮށްލި ކޮށްލުމާއި ގުޅިގެން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވީ އެ މައްސަލަ ބޭރުކޮށްލީ ވިޕެއް ނެރެގެންކަމަށެވެ. އެމްޑީޕީ ޕީޖީ ގްރޫޕްގައި މިހާރު އޮތީ ސަރުކާރުގެ މެންބަރުންނަށް ބާރުކަމަށް ސިފަކުރައްވާ ބޮންޑެ ވިދާޅުވީީ، ހުރިހާ ބަދުނާމެއް އާންމުން ރައްދުކުރަނީ މަޖިލީހުގެ ރިޔާސަތަށްކަމަށެވެ. އެހެންކަމުން މިކަން އެނޫންގޮތަކަށް ހަދަންޖެހޭކަމަށް ބޮންޑެ ވިދާޅުވިއެވެ.
ބޮންޑޭގެ ވާހަތަކާއި ގުޅިގެން މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި މިއަދު މަސައްކަތް ކުރަންޖެހެނީ "ގޮޑި ކޮއްކޮ" އެއްގެ ގޮތުގައިކަމަށެވެ. މަޖިލީހުގެ މެމްބަރުން ވިދަޅުވާ ގޮތަށް ވިދާޅުވި ކަމެއް ކޮށްގެން އިނުން ނޫންގޮތެއް މިއަދު ނެތްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އިއްޒަތްތެރި މެމްބަރު އަޅުގަނޑަށް ޔަގީން އަޑު އައްސަވާފައިވާނެ ރައްޔިތުންގެ މަޖިލީހުގައި އަހުމަދު ޒަކީ އިންނެވިއިރުގައި ވިދާޅުވެފައި އޮތް ތިމަންނާއަކީ ހަމަ މިތާގައި އިންނަ "ގޮޑި ކޮއްކޮ" އެކޭ. ތި ވިދާޅުވިހެން އަޅުގަނޑަކީ ތިޔަބޭފުޅުން ވިދާޅުވީމަ، ވިދާޅުވި ގޮތަކަށް ވިދާޅުވި ކަމެއް ވިދާޅުވި މިންވަރަކަށް ކުރާން އިންމީހެއް.
– ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝީދަށް އިންނެވެން އޮތީ ސަރުކާރުން ބުނާ ހުރިހާ ގޮތެއް ހަދައިގެންކަމަށް އިދިކޮޅު މެމްބަރުން ވަނީ މިއަދު މަޖިލީހުގައި ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދަށް އޮތީ "ގޮޑި ކޮއްކޮ" އަކަށް ވެގެން އިނުންކަމަށްވެސް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
2 Responses
އަންނިގެ ދޫ ބަންދު ކުރެވޭނެ އިންސާނެއް މިރާއްޖެއަކު ނެތްއިރު ކޮން ދޮގެއް އެހަދަނ
ގަލުބުޑުފާނަ އަބަދުވެސް އިންނާނީ ގާދޮށަށް ވަދެ ބޮނދާ، ފާނައަކަށް ވެސް ކުރެވޭނެ ކަމެއް ނޯންނާނެ.