ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ، މަޖިލީހުގެ ރިޔާސަތުގައި: މަޖިލިސް ރައީސް މެމްބަރުންގެ ބަހުސްތަކުގައި ބައިވެރިވުމަށް ގާއިދު ތަނެއް ނުދޭ

ބެނާ ނަގަން އެދުނު ސަބަބުތައް ހައިކޯޓަށް ސާފެއް ނުވޭ: ނަޝީދު

ބެނާ ނަގަން އެދުނު ސަބަބުތައް ހައިކޯޓަށް ސާފެއް ނުވޭ: ނަޝީދު

އިންޑިއާ އައުޓް ލިޔެފައިވާ ބެނާ ނެގުމަށް ކޯޓު ޢަމުރު ހޯދީ ޤާނޫނާ ޚިލާފަށްކަމަށް ހައި ކޯޓުން ނިންމި ނިންމުމަށް ފާޑުވިދާޅުވެ ރައީސް ނަޝިދު ވާހަކަފުޅު ދައްކަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝިދު ވަނީ ހައިކޯޓުގެ ނިންމުމުގައި އަމުރު ނަގަން އެދުނު ސަބަބު ހައިކޯޓަށް ސާފު ނުވާކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައިހުރި ބެނާ ނެގީ ޤާނޫނާ ޚިލާފަށްކަމަށް ހައިކޯޓުގެ ތިން ފަނޑިޔާރުންވެސް ވަނީ ކަނޑައަޅާފައެވެ.

ހައިކޯޓުގެ ނިންމުމަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ، ހައިކޯޓުގެ ގަޒިއްޔާގެ ނިންމުމަށް ބެލުމުން އެމަނިކުފާނަށް  އެނގިވަޑައިގަންނަވާ އެއްކަމަކީ ކްރިމިނަލް ކޯޓުގައި އަމުރެއް ނެރެދިނުމަށް އެދި ފުލުހުން އެދިފައިވާ ސަބަބުތައް ހައިކޯޓަށް އެންމެ ރަނގަޅަށް ސާފުވެފައި ނެތް ކަންކަމަށެވެ. ނަޝީދު ވިދާޅުވީ، ކްރިމިނަލް ކޯޓުގައި ފުލުހުން އެ އަމުރަށް އެދުނީ "އެންމެ ސަބަބެއްގެ މައްޗަށް ނޫން" ކަމަށާއި އެތައް ސަބަބުތަކެއްގެ މައްޗަށްކަމަށެވެ.

ނަޝީދު ވިދާޅުވީ، ހައިކޯޓުގެ ނިންމުމުން ފާހަގަވާ އަނެއް ކަމަކީ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތައް މާނަކުރުމުގައި، އެ ގާނޫނު އެކުލަވާލި ފަރާތުގެ ނިޔަތް ރަމްޒު ވެފައި ނުވާނަމަ، ގާނޫނު އިސްލާހުކުރަން ޖެހޭ ކަމަށެވެ.

ދޫވެހީގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ މަހު ފުލުހުން ގެންދިޔައީ އާންމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއް ކުރާކަމުގެ ތުހުމަތު ކޮށެވެ. އެ އަމުރު އިސްތިއުނާފު ކުރަން ހުށަހެޅުއްވީ ޔާމީންގެ ފަރާތްޕުޅުންނެވެ.

ކްރިމިނަލް ކޯޓުގެ އަމުރު ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލް ކުރެއްވީ މައިގަނޑު ދެ ސަބަބެއްގެ މައްޗަށް ބިނާކޮށެވެ. އެއީ ކޯޓު އަމުރު ނެރެދޭންޖެހޭ އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ނިންމި ނިންމުމަށް ވާސިލްވި ސަބަބެއް އެނގެން ނެތުމާއި ބެނާ ނެގުމަށް ފުލުހުން ތުހުމަތުކުރި ކުށާއި ފުލުހުން އަމަލުކުރި ގޮތުގެ މައްސަލައެވެ.

ހުކުމުގައި ބަޔާންކޮށްފައި ވަނީ "އިންޑިއާ އައުޓް" ބެނާ ދެމުން ކުށަކަށް ވާގޮތާއި އެ ބެނާ ނަގަން ފުލުހުން އެންގީ ކީއްވެކަން ދައުލަތަށް ވެސް އަދި ފުލުހުންނަށް ވެސް ބުނެދެވިފައި ނުވާ ކަމަށާއި އަދި އެ ބެނާ ހަރުކޮށްފައި ހުރީ ދޫވެހީގެ ބޭރުން ހަރުކޮށްފައިވާ ދާގަނޑެއްގައި ހުރި ހޮޅިތަކެއްގައި އައްސާފައި ކަމަށްވާތީ ކޯޓު އަމުރެއްގެ ދަށުން އެގެއަށް ވަދެ އެ ބެނާ ނަގަން ޖެހޭ ސަބަބެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

އެގޮތުން، ބެނާ އަކީ ރައީސް ޔާމީންގެ ގޭގެ އިމުން ބޭރުގައި ހުރި އެއްޗެއް ކަމަށާއި އެހެންވީމާ ކޯޓު އަމުރަކާ ނުލައި ވެސް ބެނާ ނަގައިގެން ފުލުހުންނަށް ގެންދެވޭނެ ކަމަށް ވެސް ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ބެނާ ނަގަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް އުނިކަން ލިބޭ ކަމެއް ކަމަށް ވެސް ހައިކޯޓުގައި ޔާމީންގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް ފަނޑިޔާރު ނިޔާޒް ވިދާޅުވި ގޮތުގައި އެއީ މި މައްސަލާގެ ތެރެއިން ގޮތެއް ނިންމޭ ވަރަށް ވުރެ ބޮޑަށް ދުސްތޫރީ މައްސަލަތަކާ ގުޅޭ ކަމެކެވެ. އެގޮތުން ކޮންމެ ހައްގަކާއެކު ގައިދުތަކެއް ވެސް އޮންނަކަން ފަނޑިޔާރު ވަނީ ފާހަގަ ކުރައްވާފައެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދެވެ. ފަނޑިޔާރު ޝަފީއު ވިދާޅުވީ ފަނޑިޔާރު ޝަރީއަތް ހިންގި ގޮތް އެނގޭ ވަސީލަތަކީ ކޯޓުން ނެރުނު އަމުރު އެކަނި ކަމަށް ވުމުން އަމުރުގައި ސަބަބުތައް ބަޔާން ކޮށްދޭން ޖެހޭނެ ކަމަށެވެ.

ޝަފީއުގެ ރައުޔައަށް ދެން ތިއްބެވި ފަނޑިޔާރުން ތާއީދު ކުރެއްވިއެވެ. އެ ރައުޔައަށް ތާއީދު ކުރައްވައި ދެން ތިއްބެވި ފަނޑިޔާރުން ވެސް ވިދާޅުވީ އެ އަމުރުގައި ނިންމުމަށް ވާސިލްވި ސަބަބެއް އަދި ހަމައެއް ފެންނަން ނެތްކަމެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ހާދަވަރަކަށް މިކަލޭގެ އިންޑިއާ ދަށުވެފަ ހުރީމަތާ ކޯޓުތަކުގެ ނިންމުން ވެސް ބަލައި ނުގަނެވިގެން މިއުޅެނީ.

Leave a Reply

Your email address will not be published. Required fields are marked *